ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ދާން އެންމެ ސަޅިވާނީ"އީޒެޕް" ގެ ސައިކަލް ޓެކްސީގައި
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު، "މޯލްޑިވްސް އެކްސްޕޯ" މިއަދު އާއްމުންނަށް ހުޅުވާލާފައިވާއިރު މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ އެންމެ ފަސޭހަ އަދި އަވަސް ހައްލަކަށްވާނީ "އީޒެޕް" ސުޕަރ އެޕްގެ ސައިކަލް ޓެކްސީގެ ޚިދުމަތް ކަމަށް ބުނެފިއެވެ.
މިއަދުން ފެށިގެން ނޮވެންބަރު 2 ގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު އެކްސްޕޯއަށް ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާއިރު، ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ކާރުގައި ދަތުރުކުރުމަށް ދިމާވާ ދަތިތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ އީޒެޕްގެ ސައިކަލް ޓެކްސީ އެވެ.
ފަސޭހަކަމާއެކު އެކްސްޕޯ އޮންނަ ސަރަޙައްދަށް ދިއުމަށް މި ޚިދުމަތުގެ ބޭނުންކުރެވޭއިރު، އަންހެން ބޭފުޅުންނަށް އަންހެން ޑްރައިވަރުންގެ ސައިކަލު ޓެކްސީވެސް އިޚްތިޔާރު ކުރެވެއެވެ. އަދި ސައިކަލު ދުއްވާ އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް އީޒެޕްގެ ސައިކަލު ޓެކްސީ ޑްރައިވަރަކަށް ވެގެން، އާމްދަނީ ހޯދޭނެ އިތުރު މަގެއް އެ އެޕުންވަނީ ފަހިކޮށްދީފައެވެ.
އީޒެޕް ސައިކަލު ޓެކްސީ ޚިދުމަތް ބޭނުން ނަމަ، ނުވަތަ ސައިކަލު ޓެކްސީ ޑްރައިވަރަކަށް ވާން ބޭނުންވާ ނަމަ، އެ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެއެވެ.
”އީޒެޕްގެ މާކެޓިން ބްރޭންޑްއަކީ ކޮމްޕްލީޓް އޮނެސްޓީ. އަންހެން ޑްރައިވަރުންވެސް އުޅޭނެ. މިހާރުވެސް 1000 އެއްހާ ޑްރައިވަރުންގެ ރިކުއެސްޓް ލިބިފައިވަނީ. ޓީމުން ދަނީ އޭތި އެޕްރޫވް ކުރަމުން. ޓީމް ކުޑަވީމާ ލަސްވަނީ. ހުރިހާ ޑްރައިވަރުން އެކީގައި އެޕްރޫވްކުރީމާ ދަތުރު މަދުވެގެންވެސް ކޮމްޕްލެއިން އައިސްދާނެތީ މަހުން މަހަށް އެކި ރައުންޑްސް އިން އެޕްރޫވްވަމުންދަނީ. އެނގޭ އުނދަގޫވާނެކަން އެޕްރޫވްނުވެ ގިނަ ދުވަސްވީމާ. ދެން ޑްރައިވާސް ގެދަރިން ބާއްވާއިރު ދައުވަތުދޭނެ ވަޓްސްއަޕް ތްރޫކޮށް. އައީމަ ވަގުތުން ވަގުތައް އެޕްރޫވްކޮށްފައި. ރައިޑް ނަގާގޮތް ދަސްކޮށްދީ. މި ސިސްޓަމް ކުރިއަރުވަމުން މިދަނީ.“ އީޒެޕުން ބުންޏެވެ.
އެހެން ނަމަވެސް އީޒެޕް މެދުވެރިކޮށް ސައިކަލު ޓެކްސީގެ ޚިދުމަތް ފަސޭހަ ކަމާއެކު މިހާރުވެސް ލިބެމުންދާނެ ކަމަށް ބުންޏެވެ. އެހެންކަމުން، މިފަހަރުގެ އެކްސްޕޯއަށް ދާއިރު ޕާކިންގ ގެ މައްސަލައާ މެދު ފިކުރުކުރަން ހުރުމުގެ ބަދަލުގައި ވަގުތުން އީޒެޕް އެޕް މެދުވެރިކޮށް ސައިކަލް ޓެކްސީއެއް ނަގައިގެން، ފަސޭހަކަމާއެކު ހުޅުމާލޭ ސެންޓްރަލް ޕާކަށް މިސްރާބު ޖަހާށެވެ!
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް