އީޒެޕްއިން ފިޖިޓަލް ބުކްސްޓޯރ ތާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
އީޒެޕްއިން ފިޖިޓަލް ބުކްސްޓޯރ ތާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
ވިޔަފާރި 22 Oct 2026 | 04:26

ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކުމަށް 'އީޒެޕް' އިން 'ފިޖިޓަލް' ބުކްސްޓޯރެއް ތައާރަފްކޮށްފި

ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރާ ލިޔުންތެރިންނާއި މުސައްނިފުންގެ ފޮތްތައް ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، މަގުބޫލު ސުޕަ އެޕް 'އީޒެޕް' އިން "ފިޖިޓަލް" ބުކްސްޓޯރެއް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

މި ޚިދުމަތުގެ ސަބަބުން ލިޔުންތެރިންނަށް ހަމައެކަނި ފޮތްތައް ޑެލިވަރީ ކުރުމުގެ ފަސޭހަކަން ލިބުމުގެ އިތުރުން، އީޒެޕްގެ ކަސްޓަމަރ ބޭސްއަށް އެ ފަރާތްތަކުގެ ފޮތްތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

އީޒެޕަކީ ކާބޯތަކެއްޗާއި، ގްރޮސަރީ، ސައިކަލް ޓެކްސީ އަދި ވިޔަފާރީގެ ތަފާތު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ސުޕަ އެޕްލިކޭޝަނެކެވެ. އީޒެޕުން މައުލޫމާތު ދޭ ގޮތުގައި، ޝޮޕިންގްގެ ޚިދުމަތް ތައާރަފްކުރި ފަހުން އެ ކުންފުނި މިހާރު މިސްރާބު ޖަހާފައިވަނީ ފުރިހަމަ އީ-ކޮމާސް ޕްލެޓްފޯމަކަށް ބަދަލުވުމަށެވެ.

މި ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި އީޒެޕްގެ ސީއީއޯ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ މަޑުމަޑުން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ޕްލެޓްފޯމް ބިނާކުރުން ކަމަށެވެ.

"އެހެންކަމުން ފެށުމުގައި މި ޚިދުމަތް އެންމެ ފުރިހަމަ ނުވެދާނެ. ނަމަވެސް އަޅުގަނޑުމެންގެ އުންމީދަކީ ލިޔުންތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމުގައި އެހީތެރިވެދިނުން،" ސީއީއޯ ވިދާޅުވިއެވެ.

މި އައު ޚިދުމަތާ ގުޅޭގޮތުން ޝުއޫރު ފާޅުކުރަމުން ދިވެހި ލިޔުންތެރިއަކު ބުނީ، ރާއްޖޭގައި ގިނައީ އަމިއްލައަށް ފޮތް ޕަބްލިޝްކުރާ މުސައްނިފުން ކަމަށްވުމުން، ފޮތް ގަންނަ ފަރާތްތަކަށް ޑެލިވަރީކުރުމުގެ ކަންތައް އަބަދުވެސް އޮންނަނީ ވަރަށް ދަތި ކަމަކަށް ވެފައި ކަމަށެވެ.

"އެހެންވެ، 'ދިވެހިފޮތް' އެޕާއި 'އީޒް' އެޕުން މި ފޯރުކޮށްދޭ ޚިދުމަތަކީ ވަރަށް ބޮޑު އެހީއަކަށް ވާނެ. ފޮތް ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" އޭނާ ބުންޏެވެ.

މި އިވެންޓުގައި އީޒެޕްގެ އިތުރުން، ޖަވާބު އެކަޑަމީގެ ފަރާތުން މުހައްމަދު ޖައިލަމް ވަނީ އަލަށް ތައާރަފްކުރި ޑިޖިޓަލް ޕްލެޓްފޯމް "ދިވެހިވާހަކަ.ކޮމް" (DhivehiVaahaka.com) ލިޔުންތެރިންނަށް ތައާރަފްކޮށްދެއްވާފައެވެ. މިއީ ލިޔުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާ އެކު، ކިޔުންތެރިންނަށް އީ-ބުކް ކިޔުމާއި، އަޑުއެހުމުގެ އިތުރުން ވިޝުއަލައިޒްޑް އޯޑިއޯ ޑްރާމާތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ޒަމާނީ ޕްލެޓްފޯމެކެވެ.

އީޒެޕް ޑައުންލޯޑްކުރުމަށް: https://eeezap.com/customer

އިތުރު މައުލޫމާތު 7560606 ލިބޭނެ ކަމަށް އީޒެޕުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް މަޝްހޫރު ސުޕަރއެޕްލިކޭޝަން "އީޒެޕް" އަށް ޕްރައިވެޓް ފައިނޭންސް ކާމިޔާބުކަމާއެކު ހޯދައިދީފި
21 Oct 2026 ވިޔަފާރި

ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް މަޝްހޫރު ސުޕަރއެޕްލިކޭޝަން "އީޒެޕް" އަށް ޕްރައިވެޓް ފައިނޭންސް ކާމިޔާބުކަމާއެކު ހޯދައިދީފި

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ މަޝްހޫރު ސުޕަރ-އެޕްލިކޭޝަން "އީޒެޕް" ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ ޕްރައިވެޓް ފައިނޭންސް، ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް ކާމިޔާބުކަމާއެކު ހޯދައިދީފިއެވެ.

ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"
21 Oct 2026 ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
25 Jun 2026 ވިޔަފާރި

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް

ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި އީޒެޕް ސޮއިކޮށްފިއެވެ. މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕް މެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތ...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް
09 May 2026 ހަބަރު

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް

ރެހެނދި ފުޓްސަލްދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މެޗްތައް ބަލާލުމަށް ދަނޑުދޮށަށް ގޮސްގެން އައިފޯނެއް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް އީޒެޕުން ފަހި...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް
28 Apr 2026 ވިޔަފާރި

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026" ގެ އޮފިޝަލް ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެ...

އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް
30 Jan 2026 ހަބަރު

އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ މަޝްހޫރު ސުޕަ-އެޕް "އީޒެޕް" (eeezap)، ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ހަރަކާތެއް ކަމަށްވާ "ޝާރްޖާ އެންޓްރ...