ދެން އެންމެ އަވަހަށް ހިއްކާ ނިންމާލާނީ ގިރާވަރުފަޅު: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދެން އެންމެ އަވަހަށް ހިއްކާ ނިންމާލާނީ ގިރާވަރުފަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިންމާލިކަން އިއުލާނު ކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވަނީ ހުޅުމާލެ ފޭސް ތިނެއް 2023، ސެޕްޓެންބަރުގައި އޮތް ގޮތާއި މިއަދު އޮތްގޮތް ފެންނަ ދެ ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ.
އެ ދެ ފޮޓޯ ހިއްސާ ކުރައްވާ އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ނިންމާލެވޭނީ ގިރާވަރުފަޅު ކަމުގައި ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް ތިނަކާއި ގިރާވަރުފަޅަކީ ވެސް މިދިޔަ އެމްޑީޕީ ސަރުކާރުން ގޯތި ދިން ތަންތަނެވެ. އެ ތަންތަނުން ގޯތި ލިބޭ މީހުން ކަނޑައަޅާ ގޯތީގެ ލިޔުން ހަވާލުކުރީ ވެސް އެތަންތަން ފަޅުގެ ގޮތުގައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް