ވަޒީރު މުއްޠަލިބު: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ވަޒީރު މުއްޠަލިބު: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ވިޔަފާރި 02 Oct 2024 | 04:50

ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ އިގްތިޞާދަށް މުހިންމު ކަމެއް: މުއްތަލިބް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ ރާއްޖޭގެ އިގްތިޞާދަށް ވަރަށް މުހިންމު ކަމެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް އެމްއެމްއޭއިން އެކުލަވާލުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، މިއީ ކުރީގެ ހުރިހާ ސަރުކާރުތަކަކުންވެސް ބޭނުންވެފައިވާ، ނަމަވެސް ސިޔާސީ ހިތްވަރު ނެތުމުގެ ސަބަބުން ނުނިންމި ނިންމުމެއް ކަމަށެވެ.

އަދި ރާއްޖޭގެ ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ އިމްޕޯޓްތަކަށް ފައިސާ ދެއްކުމަށާއި، ބައިނަލްއަގުވާމީ ދަރަނިތައް އަދާކުރުމަށާއި، ކާޑު ސެޓްލްމަންޓްތަކަށް ފައިސާ ދެއްކުމަށާއި، ދިވެހި ރުފިޔާގެ އަގު ސްޓެބިލައިޒް ކުރުމަށާއި، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަނގަޅު ޑޮލަރު ރިޒާވެއް އޮތުމަކީ އިގްތިޞާދީ ހަރުދަނާކަމާއި އަގުތައް ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެއް ކަމަށާއި، މިއީ އިގްތިޞާދީ ކުރިއެރުމާއި މާލީ ހަރުދަނާކަމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށްވެސް މިނިސްޓަރ މުއްޠަލިބު ފާހަގަކުރެއްވިއެވެ. އަދި ޓޫރިޒަމް ހިމެނޭ ގޮތަށް ހުރިހާ އިގްތިޞާދީ ދާއިރާތަކެއް ކުރިއެރުވުމަށްޓަކައި ގައުމުގެ އިގްތިޞާދު ހަރުދަނާވެފައި އޮތުން މުހިންމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ މުއްޠަލިބު އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް މިކަން ރެގިއުލޭޓް ކުރަން ޖެހިފައިވާކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވައިދުގެ ދަށުން އެމްއެމްއޭއިން ވަނީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް، އެތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައެވެ. އެގޮތުން ކެޓަގަރީ އޭގައި ހިމެނޭ، ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓަކަށް 25 ޑޮލަރެވެ. ކެޓަގަރީ ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ކޮޓަރި، ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ހުންނަ ތަންތަނެވެ.

އެމްއެމްއޭއިން ބުނީ، ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނޭ ކަމަށެވެ. އެއީ ބޭރުފައިސާ އިން ޓެކްސް ދެއްކުން، މާލީ އިދާރާއަކަށް ބޭރުފައިސާއިން ދަރަނި ދެއްކުން، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތަކާއި އަޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް އޮތުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް: މުއްޠަލިބު
27 Sep 2026 ހަބަރު

ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް: މުއްޠަލިބު

ރަސްމާލެ މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތަކަކީ އޮޓަމެޓިކުން ވާރުތަވާނެ އެއްޗެއް ކަމަށް ބުނެ ދައްކަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވި...

އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
24 Sep 2026 ހަބަރު

އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލު...

އީގަލް ހިލްސްގެ ޕްރޮޖެކްޓާ މެދު އުފައްދާ ސުވާލުތަކަށް ޖަވާބުދެއްވައި ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
23 Sep 2026 ހަބަރު

އީގަލް ހިލްސްގެ ޕްރޮޖެކްޓާ މެދު އުފައްދާ ސުވާލުތަކަށް ޖަވާބުދެއްވައި ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފ...

ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
11 Sep 2026 ހަބަރު

ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ

މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓް ޖެހި ބްރިޖަށް ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއ...

ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭގޮތް ހަދައިދޭން އެދިއްޖެ
03 Aug 2026 ހަބަރު

ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭގޮތް ހަދައިދޭން އެދިއްޖެ

އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله...

އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު؛ މިސަރުކާރުގެ މަސައްކަތުގެ ފެންވަރު އެނގޭނީ ބޭރުމަގުން: ޑރ. މުއްޠަލިބު
03 Aug 2026 ހަބަރު

އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު؛ މިސަރުކާރުގެ މަސައްކަތުގެ ފެންވަރު އެނގޭނީ ބޭރުމަގުން: ޑރ. މުއްޠަލިބު

މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލި...