ކޮންމެ އަހަރަކު ފަސްދުވަހު އެކަނި ޖަންގަލީގައި އުޅުނިން: މޯދީ
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މީގެ ކުރިން އަހަރަކު ފަސް ދުވަސް އެކަހެރިކަމާއި އެކު ޖަންގަލީގައި ހޭދަކުރެއްވިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިޔާގެ މަގުބޫލު ފޭސްބުކް ޕޭޖަކަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ އެމަނިކުފާނުގެ ޅަ އުމުރުގައި، އަހަރަކު ފަސްދުވަސް އެކަނިމާއެކަނި ޖަންގަލީގައި ވޭތުކުރެއްވިކަމަށެވެ. ދިވާލީގެ ޗުއްޓީގެ ތެރޭގައި މިގޮތަށް ބޮޑުވަޒީރު މޯދީ، އެކަހެރިކޮށް އުޅުއްވީ އަމިއްލަ ދިރިއުޅުމާއި މެދު ފިކުރުކޮށް ނަފްސު ތާހިރުކުރުމުގެ ނިޔަތުގައި ކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީ ވަނީ މި އިންޓަރވިއުގައި އެބޭފުޅާގެ ޒުވާން ދުވަސްވަރުގެ މުހިންމު ވާހަކަތައް ހިއްސާކުރައްވާފައެވެ.
އެގޮތުން އެބޭފުޅާ ހިމާލިޔާ ސަރަހައްދަށް ކުރެއްވި ދަތުރަކީ މުޅި ހަޔާތް ބަދަލުވެގެންދިޔަ ދަތުރެއްގެ ގޮތުގައި މޯދީ ވަނީ ސިފަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް