ދުނިޔޭގެ ފުރަތަމަ މަސްނޫއީ ހަބަރު ކިޔާ ނޫސްވެރިޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދުނިޔޭގެ ފުރަތަމަ މަސްނުއީ ހަބަރު ކިޔާ ނޫސްވެރިޔާ ޗައިނާއިން ތައާރަފް ކޮށްފިއެވެ. ޒިންހުއާ ނިއުސް އޭޖެންސީއިން ތައާރަފް ކުރި މި ހަބަރު ކިޔާ މީހާއަށް ވަރުބަލިކަމެއް ނެތި ކޮންމެ ދުވަހެއްގެ ހުރިހާ ގަޑިއެއްގައިވެސް ހަބަރުތައް ކިޔުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޒިންހުއާގައި މަސައްކަތް ކުރާ ކިއު ހާއޯގެ ސިފައިގަ ފެނިގެންދިޔަ މި މަސްނޫއީ ހަބަރު ކިޔާ ނޫސްވެރިޔާއަށް ވަނީ ޗައިނާގެ ގިނަބައެއްގެ ލޮތްބާއި ތަރުހީބު ލިބިފައެވެ. ހަބަރު ކިޔަން ޓީވީއަށް އަރާ މި މަސްނުއީ މީހާ އާންމުންނަށް ފެނިގެންދަނީ ގަމީސް، ޓައި، އަދި ސޫޓް ލައިގެން އިންނަ ތަނެވެ. އަދި ވާހަކަ ދައްކާއިރު އަސްލު އިންސާނެކޭ އެއްފަދައިން މޫނުމަތީގެ އިޝާރާތްތައް ގެންގުޅޭތަންވެސް ފާހަގަވެގެން ދެއެވެ.
World's first #AI news anchor debuts, jointly developed by Xinhua and Chinese search engine company https://t.co/34tyZ4nwrg. https://t.co/2omcc5K9rB pic.twitter.com/qXn5Z3ZkxL
— China Xinhua News (@XHNews) November 8, 2018
World's first #AI news anchor debuts, jointly developed by Xinhua and Chinese search engine company https://t.co/34tyZ4nwrg. https://t.co/2omcc5K9rB pic.twitter.com/qXn5Z3ZkxL
— China Xinhua News (@XHNews) November 8, 2018
ޒިންހުއާ ނިއުސް އޭޖެންސީއިންވަނީ ޗައިނާ އަދި އިނގިރޭސި ބަހުން ހަބަރު ކިޔާ ދެ މަސްނޫއީ ނޫސްވެރިން އާންމުންނަށް ދައްކާލަފައެވެ.
ޒިންހުއާ އަދި ޗައިނާގެ އިންޓަނެޓް ސާޗް އިންޖީނެއް ކަމަށްވާ ސޯގޫ އިން އުފެއްދި މި އީޖާދަށް އަސްލު އިންސާނުންގެ އަޑު، މޫނުމަތީ ހަރަކާތްތައް، އަދި އިޝާރާތްތައްވެސް ދަސްކުރުމުގެ ގާބިލުކަން ލިބިފައިވާކަމަށް އެފަރާތްތަކުން މައުލޫމާތު ދެއެވެ. މިފަދައިން މި އީޖާދު އުފައްދާފައިވަނީ އޭގައި ހުންނަ 'ރޮބޮޓިކް' ގޮތް ގަނޑު ކަނޑުވާލުމަށް ކަމަށްވެސް މި އިޖީދު ތައާރަފް ކުރި ފަރާތްތަކުން ހާމަކުރެއެވެ.
ޒިންހުއާއިން އިތުރަށް ހާމަކުރި ގޮތުގައި މި ޓެކްނޮލޮޖީއަކީ ހަމައެކަނި ހަބަރު ގެނެސްދިނުމަށް ހާއްސަކުރެވިފައިވާ އީޖާދެއް ނޫން ކަމަށާއި އެހެނިހެން އިންޑަސްޓްރީތަކުގައިވެސް މި އައު އީޖާދުގެ ބޭނުން ހިފިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް