ޝާހީ މަސްޖިދު
ޝާހީ މަސްޖިދު
ދުނިޔެ 28 Sep 2026 | 03:24

އިންޑިއާގެ ތާރީޚީ މިސްކިތެއްގެ އެއްބައި ތަޅާލަން ސަރުކާރުން ނިންމުމާ ގުޅިގެން މުސްލިމުން އިހުތިޖާޖު ކުރަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އުއްޖައިންގައި ހުންނަ ތާރީޚީ "ޝާހީ މަސްޖިދު" ގެ ބައެއް މަގު ފުޅާކުރުމުގެ މަޝްރޫއަކަށް ތަޅާލަން ސަރުކާރުން ނިންމުމާ ގުޅިގެން، އެ މިސްކިތް ހިމާޔަތްކުރުމަށް އެ ސަރަހައްދުގެ ގިނަ އަދަދެއްގެ މުސްލިމުން އެއްވެ ރޭގަނޑު އެތަނުގައި ހޭދަކޮށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މި ހަރަކާތް ހިނގަމުންދަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހިންދޫ ދީނުގެ ދީނީ ހަރަކާތެއް ކަމަށްވާ "ސިމްހަސްތާ" ފެސްޓިވަލަށް މަގުތައް 15 މީޓަރަށް ފުޅާކުރުމަށް އުއްޖައިން މުނިސިޕަލް ކޯޕަރޭޝަނުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުންނެވެ. މިސްކިތް ތަޅާލުން ހުއްޓުވުމަށް އެތައް ބަޔަކު މިސްކިތު ތެރޭގައި ތިބިއިރު، އެ ސަރަހައްދުގައި ފުލުހުންގެ ގިނަ ފައުޖުތަކެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އުއްޖައިންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޕްރަދީޕް ޝަރުމާ ބުނީ، ސުލްހަވެރިކަން ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި މިސްކިތް ކޮމިޓީއާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިވަގުތަށް މިސްކިތް ތަޅާލުމުގެ އަމަލީ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިސްކިތުގެ ތެރޭގައި މުސްލިމުން

މިސްކިތުގެ އިމާމު މުޙައްމަދު އިބްރާހީމް ވިދާޅުވީ، 1390 ވަނަ އަހަރު ބިނާކޮށްފައިވާ މި މިސްކިތަކީ 636 އަހަރު ވެފައިވާ ތާރީޚީ ތަނެއް ކަމަށާއި، ދީނީ އެއްވެސް ބިނާއެއް ތަޅާނުލައި މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. މުސްލިމް ރެޕްރެޒެންޓޭޓިވް ކޮމިޓީގެ މެންބަރު މުޙައްމަދު ޒާކިރު ވިދާޅުވީ ކޮންމެ އަގެއް ދައްކަން ޖެހުނަސް މިސްކިތް ދޫކޮށްނުލާނެ ކަމަށާއި ސަރުކާރުން މިސްކިތް ސަލާމަތްކޮށްދިނުމަށް އެދޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މަޖިލިސް މެންބަރު އަދި އޭއައިއެމްއައިއެމްގެ ވެރިޔާ އަސަދުއްދީން އޮވައިސީ ވިދާޅުވީ، ވަގުފް ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކުގެ އަސްލު ބޭނުމަކީ މުސްލިމުންގެ މިސްކިތްތަކާއި ދީނީ ބިންތައް އަތުލުންކަން މިފަދަ އަމަލުތަކުން ހާމަވާ ކަމަށެވެ.

މީގެ ކުރިން މަދްޔަ ޕްރަދޭޝްގެ ހައިކޯޓުން ވަނީ މިސްކިތުގެ ބައެއް ތަޅާލުމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަންތައް ބޭރުކޮށްލާފައެވެ. ނަމަވެސް މިސްކިތް ކޮމިޓީން މިހާރު ވަނީ މި މައްސަލަ ހައިކޯޓުގެ ޑަބަލް ބެންޗަކަށް ހުށަހަޅާފައެވެ. މި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ސުޕްރީމް ކޯޓަށް ދާނެ ކަމަށް މުސްލިމް ޖަމާއަތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
08 Oct 2026 ދުނިޔެ

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. އިންޑިއާގެ...