ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރީލަންކާގެ ރައީސުލްޖުމްހޫރިއްޔާ މައިތިރިޕާލާ ސިރިސޭނާއަށް ލިބިލައްވާ ހާއްސަ ބާރުގެ ދަށުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފިއެވެ.
ރައީސް ސިރިސޭނާ މިއަދު ސޮއިކުރައްވާ ގެޒެޓްކުރެއްވި ގަރާރުގައިވަނީ މިއަދުގެ މެންދަމު 12ގެ ފަހުން މަޖިލިސް އުވާލައިފާކަމަށެވެ. ރައީސް ސިރިސޭނާ މިކަން ކުރައްވާފައިވަނީ ގާނޫނު ހަދާ މަޖިލީސް އުވާލާނެކަމަށް ވާހަކަ ދެކެވެމުންދިޔަ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން ސްރީލަންކާގެ އިދިކޮޅު ޕާޓީ، ޔޫއެންޕީއިން ވަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، މިއީ ލަންކާގެ ގާނޫނުތަކާއި ޑިމޮކްރަޓިކް އުސޫލުތަކާއި ޚިލާފަށް ކުރި ކަމެއްކަމުގައި ވަނީ ބުނެފައެވެ.
ނަމަވެސް ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރައީސް ސިރިސޭނާ އައްޔަންކުރެއްވި ބޭފުޅާކަމުގައިވާ މަހިންދަ ރާޖަޕަކްސަ ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކަށް އަބަދުވެސް ތަބާވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް އަބަދުވެސް ޖާގަދޭން ޖެހޭނެކަމަށެވެ. އަދި އިންތިހާބުތަކަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސެއްކަމަށްވެސް ރާޖަޕަކްސަ ވަނީ އެމަނިކުފާނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް