އަހުމީޒް ސަޢީދު
އަހުމީޒް ސަޢީދު
ރިޕޯޓް 19 Jun 2026 | 08:55

ޕީއެންސީ ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ރައީސްކަމަށް އަހުމީޒު: ޤާބިލު، ކެރޭ ޒުވާނެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ ޕީއެންސީގެ ސަފުތައް ރުކުރުވާލައި، ޕާޓީގެ ހަރަކާތްތައް އާޖޯޝަކާއި އެކު ފެށުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. އެކަމަށްޓަކައި ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބެވެ.

ރައީސް މުޢިއްޒު އަހުމީޒުއާ ސަލާމް ކުރައްވަނީ- 

އެ އިންތިޚާބުގައި އެކި ދާއިރާތުން ޕާޓީ ހިންގުމަށް މީހުން ހޮވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ހަރަކާތްތައް ހިންގާލުމުގެ އުއްމީދުގައި އެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައިގެން ހުރި އަހުމީޒު ސައީދަކީ ތަފާތު ޝަޚުސިއްޔަތެކެވެ.

އަހުމީޒު އެޗްޑީސީ މުވައްޒިފުންނާއެކު
އަހުމީޒު ޒުވާނުންނާއެކު

ހިންގުންތެރި ޒުވާނެއް

އަހުމީޒު ސައީދަކީ ތައުލީމީ ގޮތުން ގާބިލު، އަދި ހިންގުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ޒުވާނެކެވެ. ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރާ ހީވާގި މީހެކެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައިވެސް ޕާޓީ ކެންޑިޑޭޓުންގެ ކެންޕެއިންގެ އިސް ސަފުގައި އޭނާ ހަރަކާތްތެރިވިއެވެ.

އަހުމީޒް އެޗްޑީސީ މުވައްޒަފުންނާއެކު

އޭނާ ފާހަގަކޮށްލެވެނީ ހަމައެކަނި ސިޔާސީ މައިދާނުގައި ކުރާ މަސައްކަތްތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމުގައިވެސް އޭނާއަކީ ނަމޫނާ ދައްކަމުންދާ ފަރާތެކެވެ. އެގޮތުން އެޗްޑީސީގައި ވަޒީފާ އަދާކުރަމުން، ހުޅުމާލޭގައި އެކުންފުނީގެ ޒިންމާގެ ދަށުން ހިންގާ ހުރިހާ ދީނީ ހަރަކާތެއް ރާވައި ހިންގަނީ އަހުމީޒުގެ މޭސްތިރިކަމުގެ ދަށުންނެވެ.

އަހުމީޒު ޝެއިޚް އިބްރާހިމް މެންކް އާއެކު

މީގެ އިތުރުން ހުޅުމާލޭގައި ޢީދު ހަރަކާތްތައް ރާވައި ހިންގުމުގައި އަހުމީޒުގެ އިސްދައުރެއް އޮންނައިރު ހުޅުމާލެ ސާފު ކުރުމާއި، ހުޅުމާލޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތައްވެސް އިންތިޒާމް ކުރުމުގައި ޢަމަލީގޮތުން އޭނާ ބައިވެރިވެ އެހީތެރިވެދެއެވެ.

ހުޅުމާލޭގައި ޢީދު ފާހަގަކުރުން
އަހުމީޒު ކުޅުންތެރިއަކާ ޓްރޮފީ ހަވާލުކުރަނީ

އެންމެނާވެސް ގުޅޭ އެކުވެރިއެއް

އަހުމީޒުގެ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ހިތްހެޔޮކަމާއި އެންމެނާ ގުޅޭ މިޒާޖެވެ. ކުޑައެއް ބޮޑެއް ނުބަލައި، ކޮންމެ މީހަކާވެސް ހިނިތުންވުމާއެކު ބައްދަލުކޮށް، މީހުންގެ ޝަކުވާތަކާއި ޚިޔާލުތައް އަޑުއަހައެވެ. އަދި އެ އަޑު އިއްވައިދިނުމަށް މަސައްކަތް ކުރެއެވެ.

އަހުމީޒު ކެންޕެއިން އެއްގެ ތެރެއިން
އަހުމީޒު ކަލަކުވޭ ދަރުސް އިންތިޒާމް ކުރުމުގެ ތެރެއިން

އަހުމީޒުގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ އަޑު އުފުލައި، އެ ޒުވާނުންގެ ކުރިއެރުމަށް އަމަލީ ގޮތުން މަސައްކަތްކުރުމެވެ. އެކަމަށްޓަކައި އޭނާ ބޭނުންވަނީ ދާއިރާ މެންބަރުންގެ އެއްބާރުލުމެވެ.

އަހުމީޒު ޑރ ހައިދަރު އަދި ޝިޔާމް އާއެކު

ޕީ.އެން.ސީގެ އެތެރޭގެ އިންތިޚާބު އޮންނާނީ ކުރިއަށް އޮތް ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އަބްދުއްރަހީމް
11 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އަބްދުއްރަހީމް

ރަސްމާލެ މަޝްރޫއަށް ހުރަސް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ދިވެހީންނަކީ ބައެއްގެ ނުފޫޒަށް ލެނބޭ ވަރަށްވުރެ ހަރުދަނާ ބައެއ...

އެމްޑީޕީ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ޕީއެންސީ ތަމްސީލުކުރައްވަން ޝިޔާމް
01 Oct 2026 ހަބަރު

އެމްޑީޕީ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ޕީއެންސީ ތަމްސީލުކުރައްވަން ޝިޔާމް

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އިފުތިތާހުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރެއްވުމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަޑައިގެންފި...

ސަރުކާރުގެ ސަޕޯޓަރުން ރައީސް ޔާމީނަށް ހަނދާންކޮށްދިނީ އެމަނިކުފާނު ކުރީން ދެއްކެވި މި ވާހަކަފުޅު
30 Sep 2026 ރިޕޯޓް

ސަރުކާރުގެ ސަޕޯޓަރުން ރައީސް ޔާމީނަށް ހަނދާންކޮށްދިނީ އެމަނިކުފާނު ކުރީން ދެއްކެވި މި ވާހަކަފުޅު

މި ދުވަސްވަރު އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުއާ ގުޅޭ އެކި ވާހަކަތަކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މި ގައުމުގައި ކުރެވޭ އެންމެ ބިޔަ އިންވެސްޓްމަން...

ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
23 Sep 2026 ހަބަރު

ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި ޕީއެންސީގެ 16 މެންބަރުންގެ ވަފުދެއް ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ސާދިގާ އިސްލާމްއާބާދުގައި އިއްޔެ ބ...

އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
22 Sep 2026 ހަބަރު

އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް މިއަދު ޕާކިސްތާނަށް ރަސްމީ ދަތުުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައ...

ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
20 Sep 2026 ހަބަރު

ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް

ނިމިގެންދިޔަ ޕީއެންސީގެ ކޮންގްރެސް އިން އެ ޕާޓީގެ 2028ގެ ކެމްޕެއިން ޓީމު ވަނީ ވަރަށް ބޮޑަށް ތަރުތީބު ކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދު...