މާފަންނު މަދަރުސާ ފުރަގަހުގައި އޮންނަ ހަނި ގޯޅިއަށް "ފަލަސްތީނު ހިނގުން" ނަން ދީފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ނަންނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް “ފަލަސްތީނު ހިނގުން” ނަން ދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެގެ ނަންނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ހުށައެޅުއްވީ 23 މެއި 2024 ގައި އޮތް ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 151ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ ނަން ކިޔާނެ މަގަކާއި އަދި އެމަގައް ކިޔާނެ ނަމެކެވެ.
އެގޮތުން “ފަލަސްތީނު ހިނގުން” ކިޔަން ނިންމާފައިވަނީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަ މަގަށެވެ.
މަގަށް ކިޔާނެ ނަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ މަގަށް ނަންކިޔާނެ ތާރީހެއް އަދި ނުނިންމާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް