އައްޑޫގެ ރައްޔިތުން ވަނީ އަސާސީ އެތަކެއް ކަމަކުން މަހުރޫމްވެފައި: ނިޒާރު
އައްޑޫސިޓީގެ ރައްޔިތުން ވަނީ އަަސާސީ އެތަކެއް ކަމަކުން މަހުރޫމްވެފައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ އާ ސަރުކާރާއި އެކު އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ މަސައްކަތަކަށް ވެފައިވަނީ ސިޔާސީ މަސައްކަތެއް ކަމަށެވެ.
އަދި އަސާސީ އެތައް ކަމަކުން މަހުރޫމުވެފައިވާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމީ ދިދަ ދަނޑި ޖެހުމާއި ޕާކު ފަދަ ތަންތަން ހެދުންތޯ ނިޒާރު ވަނީ ސުވާލު އުފައްދަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސިޓީ ސްކޮޔާ ސަރަހައްދުގައި ބޮޑު ދިދައެއް ނެގުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމުގެ މަސައްކަތްތައް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް