މެޑަމް ނަސްރީނާ ފަރުވާއަށްފަހު އެނބުރި ގެކޮޅަށް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމް އިންފެކްޝަނަކަށް ހޯއްދަވަމުންގެންދެވި ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައްވައިފިއެވެ.
އެކަން ހާމަކުރައްވަމުން ރައީސް މައުމޫން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް އަތުވެއްޖެކަމަށެވެ.
ނަސްރީނާ ހޮސްޕިޓަލުގައި އެނދުމަތިކުރެއްވީ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެންނެވެ.
މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ދެއްކެވި ގެންދަވާ އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަކުރާ ކަމަށް މީގެ ކުރިން ރައީސް މައުމޫންގެ އޮފީހުން ބުނެފައިވެއެވެ.
އަދި އެކަމަށްޓަކައި ރައީސް މައުމޫން އާއި އެމަނިކުފާނުގެ އާއިލާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް