ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަ އިތުރުވެއްޖެ
ނިމިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައްކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގައި ވަނީ 290މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 45އިންސައްތަ މައްސަލަތަކަކީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކެވެ. އެއީ 131 މައްސަލައެވެ.
މީގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނާއި މެދު އިހުމާލުވުމުގެ މައްސަލަތަކެވެ. އެބާވަތުގެ 48 މައްސަލަ ހުށަހެޅިކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައެއް ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަދި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ 31 މައްސަލައެއްވެސް ވަނީ ހުށަހަޅާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް