އިސްމެހެލާހެރައިގައި ތަރައްގީކުރި ރިސޯޓް ހުޅުވައިފި
އައްޑޫސިޓީގެ އިސްމެހެލާހެރައިގައި ތަރައްގީކުރި ރިސޯޓް ހުޅުވައިފިއެވެ.
ސ.ހުޅުމީދޫ ކައިރީގައި އޮންނަ ސައުތް ޕާމް ރިސޯޓު މޯލްޑިވްސްގައި ތަފާތު ކެޓަގަރީތަކުގެ 130ކޮޓަރި ވަނީ ތަރައްގީކޮށްފައެވެ. އެއީ ސަންރައިޒް ވިލާ، ޕާމްސް ވިލާ، ބީޗް ވިލާ، ފެމިލީ ވިލާގެ އިތުރުން އޯވަރ ވޯޓާ ވިލާތަކެވެ.
އިސްމެހެލާ ހެރައިގައި ރިސޯޓް ތަރައްގީކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ.
މި ރިސޯޓްގެ އިތުރުން އައްޑޫ ސިޓީގައި ހިންގަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް (ހެރަތެރަ) އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް