މީރާގެ ހިދުމަތް ދޭ މަރުކަޒު
މީރާގެ ހިދުމަތް ދޭ މަރުކަޒު
ވިޔަފާރި 25 Aug 2022 | 17:51

ރިސޯޓު ތަކުން ކުލީގެ ގޮތުގައި މީރާއަށް ނުދައްކާ 9.4 ބިލިއަން ރުފިޔާ!

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ރިސޯޓް ކުލީގެ ގޮތުގައި ނުދައްކާ 9.4 ބިލިއަން ރުފިޔާ އެބަހުރި ކަން ހާމަވެއްޖެއެވެ.

މީރާ އިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި މިހާތަނަށް 15 ބިލިއަން ރުފިޔާ ހުރި އިރު އޭގެ ތެރެއިން 9.4 ބިލިއަން ރުފިޔާ އަކީ ރިސޯޓް ކުލިން ނުލިބި ހުރި ރުފިޔާއެވެ.

އަދި މި 9.4 ބިލިއަން ރުފިޔާއަކީ ކުލީގެ ގޮތުގައި ނުލިބިވާ 2.9 ބިލިއަން ރުފިޔާ އާއި ޖޫރިމަނާގެ 6.4 ބިލިއަން ރުފިޔާއެވެ. އެއީ ދައުލަތުގެ އާމްދަނީގެ %60 އިންސައްތައެވެ.

މީގެ އިތުރުން، ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެ ތެރެއިން 1.9 ބިލިއަން ރުފިޔާ ނުލިބިވާއިރު، އެސްއޯއީތަކުން ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ނުލިބި 1 ބިލިއަން ރުފިޔާ ވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި، ޓީޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބެންޖެހޭ 790 މިލިއަން ރުފިޔާ ނުލިބިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި ނުލިބި 318 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކްސްގެ ގޮތުގައި ނުލިބި 2.1 ބިލިއަން ރުފިޔާ ވާކަމަށްވެސް މީރާއިން ބުނެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާ އިން މީރާ އަށް ހޯދުނީ 480 މިލިއަން ރުފިޔާ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް