"ވޯލްޑް އިންވެސްޓަ ވީކް"
"ވޯލްޑް އިންވެސްޓަ ވީކް"
ވިޔަފާރި 25 Sep 2022 | 07:50

"ވޯލްޑް އިންވެސްޓަ ވީކް" ގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ "ވޯލްޑް އިންވެސްޓަ ވީކް" ގައި ބައިވެރިވާން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހުޅުވާލައިފި އެވެ.

އަންނަ މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ތެރެއިން ކޮލެޖާއި ޔުނިވަސިޓީ ދަރިވަރުންނަށް ހާއްސަކޮށްގެން އަންނަ މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް، "ފޯފައިނޭންޝަލް ލިޓްރަސީ ފޯ ޔޫތު" ގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

އަދި އަންނަ މަހުގެ 5 ގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ފައިނޭންޝަލް ޖާނަލިޒަމް" ގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިންނަށް މި މަހުގެ 29 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

މީގެ އިތުރުން މި މަހުގެ 6 ގައި އާންމުންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް ވެބިނަ އޮން ސަސްޓެއިނަބަލް ފައިނޭންސް" ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އަދި އަންނަ މަހުގެ 9 ގައި އާންމުންނަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައިވާ "އިމްޕޯޓަންސް އޮފް ފައިނޭންޝަލް ލިޓްރަސީ: އޮންލައިން" ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ސީއެމްޑީއޭ އިން ބުނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެތަނުގެ ވެބްސައިޓް [email protected] މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. މިއިން ކޮންމެ ޕްރޮގްރާމެއްވެސް ރަޖިސްޓްރީ ކުރަންޖެހޭނީ ވަކިވަކިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް