ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ ގޮތް ހަދަން ވަނީ ނިންމާފައި
ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ ގޮތް ހަދަން ވަނީ ނިންމާފައި
ވިޔަފާރި 25 Oct 2026 | 11:18

ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ ގޮތް ހަދަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތްތަކަށްބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑްޓްރޭޑް (މިނިސްޓްރީ) އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އާ ގުޅިގެންފަހިކޮށްދޭ ފުރުސަތެކެވެ. މި ޚިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައިމުދަލާއި ޚިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ..

މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން އަންނަނީ 1 ނޮވެންބަރު 2026 އިން ފެށިގެން މި ޚިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުން ކަމަށް ވެސް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް