އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު 25 Oct 2026 | 10:33

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީ ޕީޖީގެ ހުރިހާ މެންބަރުން ސޮއިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި މި ނިންމުމަކީ، އެމްޑީޕީ ޕީ.ޖީގެ އެއްވެސް ބައިވެރިވުމެއް ނެތް، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތައް ޤާނޫނަކަށް ބަދަލުގެނެސްފައިވާކަމަށްވެސް އެމްޑީޕީ ޕީ.ޖީއިން ބުނެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމެނިފައިވާ އަދަދަކަށްވާއިރު، ބްލޮކް ގްރާންޓަށް ބަދަލުނުގެނެސް، ކައުންސިލަރުންނާއި، ކައުންސިލް ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ޚިދުމަތަކަށް ބުރޫއަރާނެ ކަމެއްކަމުގެ ކަންބޮޑުވުން ކައުންސިލްތަކުންދާނީ ފާޅުކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި ޕޭހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތްއިރު، 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައިވާ "ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި ޢަދުލުވެރި މަސައްކަތު މާހައުލެއް ޤާއިމުކުރުމާ ގުޅޭ ޤަރާރު" ގެ މަސައްކަތްވެސް މިއަދާ ހަމައަށްވެސް ނުނިންމައި، މިފަދަ ގޮތަކަށް މުސާރައަށް ބަދަލުގެނައުމުން އެތައް ރައްޔިތުންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ، މެމްބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި، ސަރުކާރު ޒިންމާދާރުކުރުވުމުގެ ޒިންމާ ޤާނޫނުއަސާސީގެ ދަށުން މަތިކުރެވިފައިވާ މުއައްސަސާއަށް ވީނަމަވެސް، ޕީއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން މިވަނީ އެކަން ހުއްޓުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިހާރު ނިންމާފައިވާގޮތަށް ވެރިންގެ މުސާރައާއި ޢިނާޔަތްތައް އިތުރުކުރުމުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެތީވެ، މި ނިންމުން ބަދަލުކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ.

ބަޔާނުގެ ނިންމުމުގައި، ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިކުރުން އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލާފައިވެއެވެ. އަދި ވަޒީރުންނާއި މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهގެ އިނާޔަތް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަންދިނުމަށްވެސް ގޮވާލާފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި، ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޕީ.ޖީއިން ގޮވާލާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް
25 Oct 2026 ހަބަރު

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް

ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލެއްގައި ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، އެ ސުކޫލުގައި ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން ދެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

ސުކޫލެއްގެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް؛ ބިދޭސީ ޓީޗަރެއް ހައްޔަރު
25 Oct 2026 ހަބަރު

ސުކޫލެއްގެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް؛ ބިދޭސީ ޓީޗަރެއް ހައްޔަރު

މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކުވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
25 Oct 2026 ހަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ
25 Oct 2026 ހަބަރު

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ

މި ތަކެތި ފެނުނު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުފުށީ ގޮނޑުދޮށުން ރާޅު އަރާ ހިސާބުގައި އޮއްވައި އިއްޔެ ފެނުނީ އިންސާނެއްގެ ދަތްޕިލަ ނުވަތަ ކަތުރު ކަށިގަނޑެއް ކަމަށެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
25 Oct 2026 ހަބަރު

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.