ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
ވިލިމާލެ ފެރީޓާމިނަލް ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ. އެގޮތުން ވިލިމާލެ ފެރީޓާމިނަލް ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން މަޖީދީމަގު ސްޓަރ ކްލައުޑް ކައިރިން ހޮވައިގެން ގެނެސްފައިވާ 50 ރުފިޔާގެ ވެރިފަރާތް ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ދެން ހިމެނެނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗެކެވެ. އޭގެ ތެރޭގައި ބައިސިކަލާއި ފެންޕަމްޕާއި އޭސީ އައުޓްޑޯ ޔުނިޓާއި ފުރޮޅުލީ ގޮނޑިއެއްވެސް ހިމެނެ އެވެ.
އޮކްޓޫބަރު 12ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ދަތުރުކުރި ޓެކްސީއަކުން ފެނިފައިވާ ރީތިވާ ސާމާނު އަޅާފައިހުރި ކޮތަޅެއްގެ ވެރި ފަރާތް ހޯދަންވެސް ވަނީ އިއުލާނުކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް