ރޭޕް މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ/ ޕޮލިސް
ރޭޕް މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ/ ޕޮލިސް
ހަބަރު 25 Oct 2026 | 15:43

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަޑް ރިޕޯޓްކުރީ މިމަހު 20 ވަނަ ދުވަހުއެވެ.

މައްސަލަޢާގުޅިގެން ހައްޔަރުކުރި މީހުންނަކީ؛

  • މުޙައްމަދު މައިސަން ޝިޔާޒު (21އ)

  • އަޙްމަދު އިފްތިޝާމް ޒަރީރު (24އ)

  • ނަޖުމުالله ޙަސަން (35އ)

  • ޢާޒިމް މުފީދު (24އ)

  • ޢަލީ ޙުޒާމް ސަޢީދު (31އ)

  • މުޙައްމަދު ޞާލިޙު އަޙްމަދު (26އ)

  • އަޙްމަދު ނޫޙު ނިޔާޒު (20އ)

  • މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)

  • އަޙްމަދު ޞާނިޖު ޞާދިޤު (32އ)

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި، ނަޖުމުالله ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

އަހަރެންގެ ނަން 2 weeks ago

އިޒު ރޭލު މީހުންތަ މީ؟

ގުޅޭ ލިޔުންތައް

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި
14 Nov 2026 ހަބަރު

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު
14 Nov 2026 ހަބަރު

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ.

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ
14 Nov 2026 ހަބަރު

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ

ހީނާ ވިދާޅުވީ މި މަޝްރޫޢަކީ އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި، އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅުކަމަށެވެ. .

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް
14 Nov 2026 ހަބަރު

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ކަރާމާތްތެރި އަދި އަބުރުވެރި ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް
25 Oct 2026 ހަބަރު

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް

ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލެއްގައި ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، އެ ސުކޫލުގައި ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން ދެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ.