މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިންޑިއާގެ ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރާ ޕްރަދާން މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ. ޕްރަދާން މަޤާމުން ވަކިވެވަޑައިގެންފައިވާކަން ކަށަވަރު ކޮށްދެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ޝާއިޢު ކުރެއްވި ޕޯސްޓެއްގައެވެ.
ޕްރަދާންގެ އިސްތިޢުފާއަށް ގޮވައިލައި ކޮކްރޯޗް ޖަންތާ ޕާޓީން ކުރަމުންގެންދާ މުޒާހަރާ ހަފްތާއަށް ދިގުދެމިގެން ގޮސްފައިވާއިރު، މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ. ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި ސަރުކާރުން ވަނީ ދަރިވަރުންގެ ބައެއް ހުށަހެޅުންތަ ގަބޫލުކޮށްފައެވެ. މިއާއެކު މުޒާހަރާތައް ހުއްޓާލާނޭކަމަށް ބެލެވުނު ނަމަވެސް އަދިވެސް މުޒާހަރާ ނުހުއްޓާކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް