ސޯސަން މަގުގައި މާރާމާރީއެއް، މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 11:11 ހާއިރު ކަމަށްވެސް ބުންޏެވެ.
އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.
މާރާމާރީ ހިންގަން މެދުވެރިވީ ސަބަބެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް