"ޕިރަމިޑް" ގެ މާރީ ބިސްކޯދު ބަންޑްލް ޕެކް ޕްރޮމޯޝަން؛ ރޯދަމަހަށް ޚާއްސަ ހަދިޔާއެއް
ދިވެހިރާއްޖެއަށް ތަފާތު މީރު ރަހަތަކުގެ ކާބޯތަކެތީގެ ބްރޭންޑް ތައް އެތެރެކުރަމުންދާ ޕިރަމިޑް އިން ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް، މާރީ ބިސްކޯދު ބަންޑްލް ޕެކް ޕްރޮމޯޝަން ފަށައިފި އެވެ.
ޕިރަމިޑް ގެ މި ބަންޑްލް ޕެކްގައި މަންޗީ މާރީގެ 400 ގްރާމު ޕެކެޓާ އެކު ރިޓްޒްބަރީ ޗޮކްލެޓު ހިމެނެއެވެ. އަދި ހަމަ އެހެންމެ، މާރީ ބިސްކޯދާއި ޗޮކްލެޓު ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ ތަކެތީގެ ރެސިޕީ ވެސް މި ޕެކުގައި ހިމެނޭއިރު، މިއީ ރޯދަމަހުގަޔާއި އެނޫން މަހެއްގައިވިޔަސް، ގޭގެ ސުފުރާމަތި ފަޅު ފިލުވާލަން މީރު ފޮނި އެއްޗެއް ތައްޔާރު ކޮށްލަން ބޭނުންވާ ފަރާތްތަކަށް މުުހިންމު ޕެކެކެވެ.
ރޯދައަށް ޚާއްސަ މި ބަންޑްލް ޕެކްގެ އަގަކީ -/65 ރުފިޔާއެވެ. އެހެންކަމުން ވަކިން ޗޮކޮލެޓާއި މާރީ ބިސްކޯދު ގަނެގެން ފޮނި އެއްޗެއް ތައްޔާރު ކޮށްލަން ހޭދަކުރާ އެއްޗަކުން ވަރަށް ބޮޑު އެއްޗެއް މި ބަންޑްލް ޕެކް ގަތުމުން ރައްކާކުރެވިގެންދާނެއެވެ.

މިއީ ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް ޕިރަމިޑުން ކުރިއަށްގެންދާ ރޯދަ ޕްރޮމޯޝަނުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެވެ.
މި ބަންޑްލް ޕެކް ގެ އިތުރުން، "މަންޗީމާރީ" ބިސްކޯދު ގެ ޖުމުލަ 36 ވައްތަރެއް އެެފިހާރަ އިން ވިއްކަމުންދެއެވެ.
މަންޗީ މާރީ ބިސްކޯދަކީ ދިވެހިންގެ މެދުގައި މަގުބޫލު ބިސްކޯދެކެވެ. ތަފާތު އެކި ފޮނި ބާވަތްތައް ތައްޔާރު ކުރުމުގެ އިތުރުން ސަޔާއި އެކީ ކެއުމަށްވެސް ގިނަ ދިވެހިން ބޭނުން ކުރަމުން އަންނަ މަންޗީ މާރީ ބިސްކޯދަކީ ޕިރަމިޑުން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުމެކެވެ.

މާރީ ބިސްކޯދު ގެ އިތުރުން އެ ފިހާރައިން އެތެރެކޮށްގެން ވިއްކަމުންދާ ބާވަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބްރޭންޑަކީ ތުރުކިޔޭގެ މަޝްހޫރު "ކްރައުން" ކޮފީގެ 6 ފްލޭވާރ ލިބެން ހުންނާނެއެވެ. ތުރުކިޔޭގެ ނަންބަރު ވަން ބްރޭންޑްގެ މި ކޮފީ އަކީ ތްރީ އިން ވަން ކޮފީ އެކެވެ. މިއިން، ޗާއީ އާއި، ޗާއީ ލާޓޭ ގެ އިތުރުން އިންސްޓަންޓް ކޮފީވެސް ތައްޔާރު ކޮށްލެވޭނެއެވެ.

ޕިރަމިޑްގެ ތަކެތި އޮންލައިންކޮށް، އެފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް އަދި ސަޕްލައި.އެމްވީ މެދުވެރިކޮށްވެސް އޯޑަރު ކުރެވޭނެއެވެ. އަދި ތަކެއްޗަށް އޮންލައިން ޓްރާންސެކްޝަން މެދުވެރިކޮށް ފައިސާ ދައްކާލެވޭއިރު، ގިނައިން އޯޑަރު ކުރުމުން ޑެލިވަރީގެ ހިދުމަތްވެސް އެ ފިހާރައިން ފޯރުކޮށްދެއެވެ.
ޕިރަމިޑްގެ ފިހާރައެއް މާލެ އަދި ހުޅުމާލެގައި ހުންނާނެއެވެ.
ޕިރަމިޑުން ބުނީ އެ ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކުގެ އަގު އަބަދުވެސް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް