އަލްބިއޯން ފިހާރައިގެ ޕޯސްޓަރެއް/ ފޮޓޯ: އެލްބިއޮން ސްޓޯރު
އަލްބިއޯން ފިހާރައިގެ ޕޯސްޓަރެއް/ ފޮޓޯ: އެލްބިއޮން ސްޓޯރު
ވިޔަފާރި 26 Sep 2022 | 07:10

އެލްބިއަން މެގަ ސޭލްގައި ބައިވެރިވެގެން ކޮންމެ ދުވަހަކު 1000 ރުފިޔާ ހޯދުމުގެ ފުރުސަތު!

އެލްބިއަން މެގަ ސޭލުގައި ބައިވެރިވެގެން ސަތޭކަ ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވައިގެން ކޮންމެ ދުވަހަކު 1000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެލްބިއަން މެގަ ސޭލު ކުރިއަށްދާނީ ސެޕްޓަރު 15 އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 އާއި ހަމަޔަށެވެ.

މި މުއްދަތުގެ ތެރޭގައި 100 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށް ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ގުރުއަތުލައިގެން ކޮންމެ ދުވަހަކު ނަސީބުވެރި ބައިވެރިއަކަށް 1000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހުށައަޅާފައެވެ.

އެލްބިއަން ސްޓޯރަކީ ފާޚާނާއަށް ބޭނުންވާ ސާމާނާއި، ފްލޯރިން އަދި ސްޓިކަރ ފަދަ ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. އޭގެ އިތުރުން ސީލިންގު ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައްވެސް އެތަނުން ލިބެން ހުންނާނެއެވެ.

އެލްބިއަން މެގަ ސޭލުގައި ބައިވެރިވެގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ސޭލުގައި ބައިވެރިވެގެން އަގު ހެޔޮކޮށް އަލްބިއޯންއިން ލިބެން ހުންނަ ސާމާނު ބައްލަވައިގަނެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް