ކަނޑުމަތީ ނުރައްކާތެރި އެކްސިޑެންޓެއް؛ ތިން މީހަކަށް އަނިޔާ ވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކަނޑުމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތީން ލޯންޗަކާއި ޑިންގީ އެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓްވީ މިރޭ 8:26 ހާއިރު އެވެ.
އެކްސިޑެންޓާއި ގުޅިގެން ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުންނަށް ޅ އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާ ކަމަށާ ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް ފުލުހުން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް