އެންމެ އަޚްލާގު ރަނގަޅު ހައްޖާޖީންނަކީ ދިވެހިން- ސައޫދީ
ހައްޖަށްދާ ހުރިހައި ގައުމެއްގެ ހައްޖާޖީންގެތެރެއިންވެސް އެންމެ އަޚްލާގު ރަނގަޅު ހައްޖާޖީންނަކީ ދިވެހިންކަން ސައޫދީ އަރަބިއްޔާއަށް ފާހަގަކުރެވޭކަމުގައި އެގައުމުގެ އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވާކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގައި ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ސައޫދީސަރުކާރުން ދިވެހިންނާމެދު މިދެކޭ ދެކުމަކީ ވަރަށް ފާހަގަކުރެވޭ އަދި ހިތްހަމަޖެހޭ ކަމެއްކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެވެސް ސުލްހަވެރިކަމަށް ލޯބިކުރާބަޔަކަށްވީއިރު މަދުބަޔަކު ރާއްޖޭން ބޭރުގައި ކުރާކަންތައްތަކުން ދިވެހިންނާމެދު ބައެއް ގައުމުތަކުން ދެކޭ ތަސައްވުރު ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މިސާލެއްގެގޮތުން ވިދާޅުވީ ސިންގަޕޫރުގައި މިހާރު ދިވެހިންނާމެދު ދެކޭގޮތެވެ. ދިވެއްސަކު ސިންގަޕޫރުގެ އެއަރޕޯޓަށް ފުރަންގޮސްފިނަމަ އިތުރުބެލުންތަކެއް ސިންގަޕޫރުގެ ކަމާއިބެހޭ ފަރާތްތަކުން ބަލަންފަށާފައިވާކަމަށާއި އެހެންދިމާވެގެން އުޅެނީ ސިންގަޕޫރުމަގުން ދިވެހިންގެ ބަޔަކު ސޫރިޔާއަށް ހަނގުރާމަކުރަން ގޮސްފައިވާކަމަށް ފާހަގަކުރެވިގެންކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް ސިންގަޕޫރުގެ ޚާރިޖީވަޒީރާއި ވާހަކަފުޅު ދައްކަވައިގެން ކުރިއްސުރެ ދިވެހިންނާމެދު އަމަލުކުރާގޮތަށް ބަދަލުކުރެވޭތޯ މަސައްކަތްކުރައްވަމުންގެންދަވާ ކަމުގައި ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް