ބްރެޑްމެޓާސްގެ ބަރގާ އެއް-- ފޮޓޯ: ބްރެޑްމެޓާސް
ބްރެޑްމެޓާސްގެ ބަރގާ އެއް-- ފޮޓޯ: ބްރެޑްމެޓާސް
ވިޔަފާރި 27 Nov 2022 | 04:21

ބްރެޑްމެޓާސް ޕްލެޓިނަމް ހުޅުމާލެ, އިން މުޅި ހުޅުމާލޭއަށް ޑެލިވަރީ ކުރަން ފަށައިފި

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރެޑްމެޓާސް ޕްލެޓިނަމް ހުޅުމާލެ ރެސްޓޯރެންޓް އިން މުޅި ހުޅުމާލެއަށް ޑެލިވަރީގެ ޚިދުމަތް ފަށައިފިއެވެ.

ބްރެޑްމެޓާސްގެ އެހެން އައުޓްލެޓްސް އެކޭ އެއްފަދައިން ބްރެޑްމެޓާސް ޕްލެޓިނަމް އިންވެސް ތަފާތު އެކި ރަހަތަށް ހިމެނޭ، މީރު ކެއުންތައް ލިބެން ހުރެއެވެ.

އެގޮތުން ބްރެޑްމެޓާސް އިން ލިބެން ހުންނަ ކެއުން ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ތަކެތީގެ ތެރޭގައި، ތަފާތު އެކި ވައްތަރުގެ ބަރގާ، ސަބްމެރީން، ޕިއްޒާ، ސޭންޑްވިޗް، ސެލެޑްސް، އެޕެޓައިޒާރސް، ހިމެނެއެވެ.

އެހެންކަމުން، އެ ރެސްޓޯރަންޓަށް ގޮސް ކެއުމަށް އުޒުރުވެރިވާ ހާލަތްތަކުގަޔާއި، ރަހުމަތްތެރިންނާއި އެކުގައި، ނުވަތަ އާއިލާ އާއި އެކު ނޫނީ އެކަނިވެސް ވޯލްޑްކަޕް ބަލާލަން ގޭގައި އިންނަ ވަގުތު ގަޔާއި، އޮފީސް ވަގުތު ގަޔާއި އެނޫންވެސް ވަގުތު ތަކުގައި، އެ ތަނުގެ މީރު ކެއުމެއް ކާލަން ބޭނުން ވެއްޖެނަމަ، ބްރެޑްމެޓާސް ގެ ފޯން ނަންބަރު، 7931442 އަށް ގުޅާލާފަ އޯޑަރ ކޮށްލުމުން ހުޅުމާލޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.

ބްރެޑްމެޓާސްއިން ބުނީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ރަހަ މީރު ކެއުމުގެ ބާވަތްތައް ފޯރުކޮށްދިނުމަކީ އެ ރެސްޓޯރެންޓުގެ އަމާޒުކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް