N/A
N/A
ދީން 30 Aug 2024 | 07:54

މިއަދު މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗެއް: ޚުތުބާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އަދުގެ ދުނިޔޭގައި، މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗަކަށް ވެފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

”ދީނަށް ޚިދުމަތް ކުރުން“ މައުޟޫއަށް މިއަދު އިއްވި އަސަރުން ފުރިގެންވާ ޚުތުބާގައި ވަނީ، ޤައުމުތައް މުސްތަޤްބަލު ބިނާކުރަމުން އަންނައިރު، ތިމާއަކި މި އުންމަތުގެ އެންމެ އިސް ސަފުގައި ހުންނާން ޖެހޭނެ ފަރުދެއްކަމުގައި ނުދެކޭތޯ ސުވާލު ކޮށް، މުސްލިމުން މިއަދު ތިބީ ގުޅިގެން މަސައްކަތްކުރާން ޖެހިފައިވާ ޒަމާނަކަށް އާދެވިފައި ކަމަށް ބުނެފައެވެ.

ފަހަރެއްގައި ވެސް ތިބާގެ ދީނަށް ނަޞްރުދިނުމުގައި ޢަމަލީ ޙިއްޞާއެއް އަދާކުރާން ތިބާ ވިސްނަމުހެއްޔެވެ؟ ތިބާ އީމާންވާ اللهގެ ދީނަކީ، ޢަދާވާތްތެރީންގެ ކެހިވެރި ރޭވުންތަކުގެ އަމާޒުފަތްގަނޑަކަށް ވެފައިވާ ދީނެއްކަމުގައި ޤަބޫލުކުރަމުހެއްޔެވެ؟ މުސްލިމުން ކަތިލާ ތަން ފެނުމުން ތިބާގެ ހިތަށް ތަދެއް ނުވޭހެއްޔެވެ؟ މިއަދު މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗެކެވެ. ނުހަނު އިހާނެތިކަމާ އެކު މުސްލިމުންގެ ޤައުމުތައް ސުންނާފަތިކުރަމުން، އެ ދައުލަތްތަކުގެ މައްޗަށް ވެރިވެގަންނަމުން ދާއިރު،ޢަދުއްވުންގެ އެންމެ ރަހީނަކަށް ޓަކައި، މުޅި ދުނިޔެ އެއުޅެނީ ނިދިނައިސްގެންނެވެ. މުސްލިމުންގެ މެދުގައި އޮންނަ އެއްހަށިގަނޑެއްގެ ރޫޙު މިއަދު ކޮބައިހެއްޔެވެ؟

ހުކުރު ޚުތުބާ

​މިއާއެކު ޚުތުބާގައި ވަނީ އަހަރެމެންގެ ނަފުސުތަކުގައި "އިސްލާމްކަމުގެ" ޗާޓު މިއަދު އޮތީ ކޮން ސައިޒެއްގައިތޯ އާއި، ދީނަށް ޓަކައި އަހަރެމެން ކުރަނީ، ކިހައި ހޭދައެއް އަދި ކޮންޚިދުމަތެއްތޯ ސުވާލުކޮށްފައެވެ. އަދި ދީނުގެ މައްސަލައަކީ އަހަރެމެންގެ ޙަޔާތުގައި ކިހައިވަރެއްގެ އިސްކަމެއްދީފައިވާ މައްސަލައެއްތޯ އާއި އަހަރެމެން މިއަދު ތިބީ އާދަތަކަކަށް ވެފައިވާ ޢިބާދާތާ ހަމައިން ފުދި އިތުރުވެގެންތޯވެސް ވަނީ ސުވާލު ކޮށްފައެވެ.

​ކަޢުބާގެ ވެރި ރަސްކަލާނގެ ގަންދީ ބުނަމެވެ. އަހަރެމެން އެންމެން މި ދީނާއިގެން ނުތެދުވެއްޖެ ނަމަ، "އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެން ގޮސް، ބިންގަނޑު އިރައިރައިގެން ގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ." الله تعالى ވަޙީކުރައްވައިފައިވާ ވަޢީދުގެ ބަސްފުޅަށް އަހަރެމެން ފެތިދާނެއެވެ.

ހުކުރު ޚުތުބާ

"އޭ މުސްލިމް އަޚާއެވެ! الله تعالىގެ ވަޢީދުގެ ބަސްފުޅު ތިބާ އަޑުއަހާށެވެ! އެކަލާނގެ ވަޙީކުރައްވައިފައިވާބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަ ނަމަ، ވޭންދެނިވި ޢަޛާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޛާބު ދެއްވާނެތެވެ. އަދިތިޔަބައިމީހުންގެ ބަދަލުގައި، އެހެން ބަޔަކު ގެންނަވައިފާނެތެވެ. އަދިތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ." އަދިވެސް އެ ކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭމީސްތަކުންނޭވެ! اللهއަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللهއީ،ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ މަޚުލޫޤުންތަކެއް ގެންނަވައިފާހުށްޓެވެ. އަދި އެކަންތައް اللهއަށް އުނދަގޫ ކަމަކަށް ނުވެތެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ވަނީ، މުސްލިމުން އިސްލާމް ދީނަށް ޓަކައި އަދާކުރަން ޖެހޭ ކަންކަމުގެ ހާމަކޮށް ތިބާ އެއާ އެއް ގޮތަށް ޢަމަލުކުރުމުން މުޅި ޙަޔާތް އުފާވެރިވެ ޝަހީދެއްގެ ގޮތުގައި ނިމުން ލައްވާނެ ކަމަށް ބުނެފައެވެ. އަދި އެކަންކަން ކޮށްފިނަމަ، އަހަރެމެންގެ ވެރި ރަސްކަލާނގެއާ އަހަރެމެންނާ ބައްދަލުކުރާނީ އެކަލާނގެ ރުހިވޮޑިގެންވާ ޙާލުގައި ކަމަށްވެސް ބުންޏެވެ.

ތިބާ اللَّهއަށް މާތްކޮށް ހިތާށެވެ! اللَّه تَعَالَىގެ ގަދަފަދަ ވައުފަށުގައި ހިފާށެވެ! ފަރުޟު ފަސްނަމާދަށް ރައްކައުތެރިވާށެވެ! ސުންނަތް އަޅުކަންތައް ކުރާށެވެ! ހޯމަ ބުރާސްފަތި އަދި މެދުފޮއި ރޯދަހިފާށެވެ! ތިބާގެ މަންމައަށް ހެޔޮކޮށްހިތާށެވެ! ބައްޕައަށް ކިޔަމަންގަންނާށެވެ! ކީރިތި ޤުރްއާން ކިޔަވާށެވެ! ޤުރްއާނުން މިންވަރެއް ހިތުދަސްކުރެވޭތޯ ބަލާށެވެ! ފައިދާހުރި ދީނީ ދަރުސްތައް އަޑުއަހާށެވެ! ހެޔޮލަފާ މީހުންނާ އެކުވެރިކަން ބާއްވާށެވެ! ފާސިޤުން ދޫކޮށްލާށެވެ! ރޭއަޅުކަންކުރާށެވެ! ދޫރައްކައުތެރި ކުރާށެވެ! ބަސްމަދުކުރާށެވެ! ޖަދަލުކުރުން ދޫކޮށްލައި،ހެޔޮބަސް ބުނާށެވެ! އަޑު މަޑުކުރާށެވެ! ޙައްޤުބަސް އިއްވާށެވެ! ކުޑަކުދީންނަށް އޯގާވެރިވެ، ދުވަސްވީ މީހުންނަށް އިޙްތިރާމުކުރާށެވެ! އަބުރު ރައްކާތެރިކުރާށެވެ! ފާޙިޝުކަންތަކާ ދުރުހެލިވާށެވެ! މެހުމާނުންނަށް ކަމޭހިތާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ! ފަޤީރުންނާއި މިސްކީނުންނަށް އެހީވާށެވެ! ޒަކާތް ނެރެ، ޞަދަޤާތް ދީއުޅޭށެވެ! މަގުގެއްލިފައިވާ މީހުންނަށް އިރުޝާދުދޭށެވެ! އެކުވެރީންނަށް ނަސޭހަތްދޭށެވެ!

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނެފައިވާ ގޮތުން، ދީނަށް ޚިދުމަތްކުރުމަކީ، ބާއްޖަވެރިކަމުގެ އަސާސެވެ. އެއީ ޙާޖަތްތައް ފުއްދަވައިދެއްވައި، މޮޅިވެރިކަން ފިއްލަވައިދެއްވާނޭ ޢަމަލެވެ.

އެހެންކަމުން، މި ހިނދުން ފެށިގެން ދީނަށް ޚިދުމަތްކުރާން ފެށުމަށް ޚުތުބާގައި ވަނީ ނަޞޭހަތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...