ވެލެންސިއާ އަތުން މާޒިއާއަށް ފަސޭހަ މޮޅެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު މާޒިއާ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒިޔާ ކާމިޔާބުކކޮށްފިއެވެ.
މިމެޗް މާޒިޔާ ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ފުރަތަމަ ހާފް ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފްގައި އެޓީމުން ވަނީ މާޒިޔާގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާޒިޔާއިން ފުރަތަމަ ހާފްގައި ޖެހުނީ އެންމެ ލަނޑެކެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިލާނެވެ.

ދެވަނަ ހާފް ކުޅުން ފަށައިގެން ތިންވަނަ މިނެޓް ތެރޭ އިތުރު ލަނޑެއް ޖަހައި އިލާން ވަނީ މެޗްގެ ނަތީޖާ 0-2 ބަދަލުކޮށްފައެވެ. މެޗްގައި ދެން މާޒިޔާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސާޖިއޯ، އަދި އައިހަމްއެވެ.
މެޗަށްފަހު ދިވެހި ޕްރިމިއާ ލީގް ތާވަލްގެ އެއްވަނާގައި މާޒިޔާ މިހާރު އުޅެނީ 5 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް