ވަޅިން ބިރުދައްކައި ފޭރުނު އަންހެންމީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މާލޭ މަގުމަތިން ދިޔަ މީހަކަށް ވަޅިން ބިރުދައްކައި ފޭރުނު އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މާލޭ މަގުމަތިން ދިޔަ މީހަކަށް ވަޅިން ބިރުދައްކައި އެމީހާގެ ފޯނު ފޭރިގަތް މައްސަލައާ ގުޅިގެން ފުލުހުން 26 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ
އެގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ބުރުނީގޭ، ޝާނާ މުޙައްމަދު ޖުނައިދު (26 އަހަރު) އެވެ.
މި މައްސަލައާއި ގުޅިގެން، މި އަންހެން މީހާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި އަންހެން މީހާ މިކަން ކުރިކަމަށް އިންކާރު ކުރި ނަމަވެސް، އޭނާއާ ދެކޮޅަށް މިކަމުގައި ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ޤަރީނާ ހުށަހަޅާފައިވާކަން ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް