އަންހެނުންގެ ތަރައްޤީއާއި ގުޅޭ ވޯރކްޝޮޕެއް ހިންގަނީ
އަންހެން ކަނބަލުންނަށް ޙާއްސަކޮށްގެން އަންހެނުންގެ ތަރައްޤީއާއި ގުޅޭ މުހިއްމު ކަންކަމަށް އަލިއަޅުވާލާ ވޯރކްޝޮޕެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.
ހިއުމަން ރިސޯސް ޓްރެއިނިންގ ދިނުމުގައި ކުރިއަރާފައިވާ އިންޓްރާނެޓް މޯލްޑިވްސްގެ ފަރާތުން "އެމްޕަވަރ ދަ ވުމަން އިން ޔޫ" ގެ ނަމުގައި ހިންގާ މިވޯރކްޝޮޕަކީ އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ވޯރކްޝޮޕެކެވެ.
މިވޯރކްޝޮޕްގައި ކިޔަވައިދެއްވާނީ ލީޑާޝިޕާއި ނަފްސް ތަރައްޤީކުރުމާއި ގުޅޭ ގޮތުން ބައިނަލްއަޤްވާނީ ފެންވަރުގައި މިފަދަ ގިނަ މަސައްކަތްތަކެއްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވާ ނިކޯލް ސްމާޓްއެވެ.
މިވޯރކްޝޮޕްގައި އިންސާނާގެ ސައިކޮލޮޖީއާއި އަމިއްލަ ނަފްސަށް އިތުބާރު ހޯދުމަށް ސައިކޮލޮޖީ ފްރޭމްވޯކެއް ތައްޔާރުކުރާނެ ގޮތާއި ލީޑާޝިޕްގެ ތަފާތު އުކުޅުތައްފަދަ ނަފްސު ތަރައްޤީކުރުމަށް ބޭނުންތެރި އެތައް މައުޟޫއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
ޖުލައި މަހުގެ 31 ވާ ބުދަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް އިންޓްރާނެޓް މޯލްޑިވްސްއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް