ހައްޖުވެރިން މިނާގެ ފޭލިގެތަކަށް ދިއުމަށް ދަތުރުކުރަނީ... ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖުވެރިން މިނާގެ ފޭލިގެތަކަށް ދިއުމަށް ދަތުރުކުރަނީ... ފޮޓޯ: ހައްޖު ކޯޕަރޭޝަން
ރިޕޯޓް 06 Jun 2025 | 06:00

މިހާހިސާބަށް އާއިރު ހައްޖުދަތުރުން އެންމެބޮޑަށް ފާހަގަވީ ކޮންކަމެއް؟

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ހައްޖަކީ އަހަރެއްގެ ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ މާތް އަޅުކަމުގެ ތެރޭގައި ހިމެނޭ އަޅުކަމެވެ. އެއީ އެންމެ މާތް ދަތުރެވެ. މިފަހަރުގެ ހައްޖު މޫސުމަށް ދިވެހިން ތައްޔާރުމީ މީގެ ކުރިއާ ހިލާފަށް ތަފާތު ކަންތައްތަކާއެކުގައެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މިފަހަރުގެ ހައްޖަށް ހުރިހާ ދިވެހިންވެސް ދަތުރުކުރީ ސަރުކާރުގެ ހައްޖު ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުންނެވެ. އެކަމުގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް އެބައިމީހުންގެ ދަތުރުގައި މީގެ ކުރިން ނުލިބޭ އެތައް ފަސޭހަތަކެއް މިހާތަނަށް ވަނީ ލިބިގެންގޮސްފައެވެ. މީގެ ކުރިން އެކި ކުންފުނިތަކުގެ ހަވާލުގައި ހައްޖަށްގޮސް ދިވެހިން ތަފާތު އެތައް ތަޖުރިބާތަކެއް ކުރަންޖެހިފައި އެބަހުއްޓެވެ. މީގެ ތެރޭގައި ހައްޖުވެރިން ގެއްލުމާއި އިންތިޒާމުތައް ފުރިހަމަ ނުވުމުން ދިމާވި އެތައް އެތައް ކަމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް މިފަހަރުގެ ހައްޖު ދަތުރަށް ދިވެހި ހައްޖުވެރިން ތައްޔާރުވިއިރު، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ އޮތީ ހިމަނާފައެވެ. މިއީ މި ދަތުރުގައި ދިވެހި ހައްޖުވެރިންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެކެވެ. މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. މިފަހަރު ފްލައިޓާ ހޮޓަލަށް ދިއުމާ ދެމެދު ނެގީ މަދު ވަގުތުކޮޅެކެވެ.

އޭގެ އިތުރުން މިފަހަރު މިނާގެ ޓެންޓްތައް ހުރީ މީގެ ކުރިއާ ހިލާފަށް ހައްޖުވެރިންނަށް ވަރަށްބޮޑަށް ފަސޭހަވާނޭހެން އިންތިޒާމުތައް ހަމަޖައްސައިދީފައެވެ. ކޮންމެ ހައްޖުވެރިއަކަށް އަރާމުކޮށްލާނޭ ސޯފާއެއް ކަނޑައެޅިފައިވާއިރު، ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ދިވެހި ހައްޖުވެރިން ބުނާގޮތުގައިު ހައްޖުގެ މިހާހިސާބަށް އާއިރު އެންމެ ފާހަގަވި އެއްކަމަކީ ދަތުރުގެ އިންތިޒާމްތަކެވެ. ހައްޖުވެރިން މިހާރު ވަނީ މުޒްދަލިފާއިން މިނާގެ ޓެންޓުތަކަށް ދިއުމަށް ދަތުރުފަށާފައެވެ. އެންމެ ހާއްސަކަމަކީ މިހާހިސާބަށް އާއިރު ދިވެހި ހައްޖުވެރިއަކު ގެއްލުންފަދަ ކަމެއް އަދި ދިމާނުވާކަމެވެ.

މިއީ ދިވެހިން ހައްޖަށް ދާންފެށިފަހުންވެސް ރެކޯޑެކެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މުޒްދަލިފާ ނިންމާފައި މިނާއަށް ހައްޖުވެރިން އަންނަ އައުމުގައި މިފަހަރު ހައްޖުވެރިއަކު ނުގެއްލޭ ކަމަށާއި، މިއީ އެކަން އެގޮތަށްވާ ފުރަތަމަ ފަހަރު ކަމަށެވެ. މިވަގުތާ ހަމަޔަށް މިނާއަށް ނުފޯރާ ދެތިންބަސް އޮތްނަމަވެސް ހުރުހާ ބަސްތަކެއްގައި ދިވެހި ހައްޖުވެރިން ހަމައަށްތިބިކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައްޖުވެރިން މިނާއަށް އައުމަށްފަހު ދެން ކުރިއަށްދާނީ ޖަމުރާތަކަށް ހިލަ އުކާށެވެ. އެއަށްފަހު ދެން އޮންނާނީ އައްޔާމުލްތަސްރީގުގެ ދުވަސްތަކުގައި މިނާގައި ހޭދަކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ
12 Oct 2026 ހަބަރު

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކ...

ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
10 Oct 2026 ހަބަރު

ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ

އަންނަ ރޯދަ މަހުގެ ފަހު 15 އާ ދިމާކޮށް އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ބޭއްވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިނ...

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް އަތޮޅުތެރެއިން ވެސް ހިލޭ ވެކްސިން ޖެހޭ ގޮތް ހަދައިފި
07 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް އަތޮޅުތެރެއިން ވެސް ހިލޭ ވެކްސިން ޖެހޭ ގޮތް ހަދައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު މިއަދު ހަމަޖައްސައި...

ހައްޖު ކޯޕަރޭޝަނުގެ ނިއަމް ރެސިޑެންސް ޔުނިޓްތައް ވިއްކުމަށް ކުރި މުއާމަލާތްތައް ބާތިލްކޮށްފި
30 Sep 2026 ހަބަރު

ހައްޖު ކޯޕަރޭޝަނުގެ ނިއަމް ރެސިޑެންސް ޔުނިޓްތައް ވިއްކުމަށް ކުރި މުއާމަލާތްތައް ބާތިލްކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހައުސިންގ މަޝްރޫޢު "ނިއަމް ރެސިޑެންސް" ގެ އެޕާޓްމަންޓްތައް ވިއްކުމަށް މިހާތަނަށް ކުރިއަށްގެންދިޔަ...

ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
10 Sep 2026 ހަބަރު

ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ސަޢުދި ޢަރަބިއްޔާގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް އޮތީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން...

އުމްރާއަށް ދިޔަ ދިވެހިންގެ އަދަދު 4،000 ވުރެ ގިނަ: މިނިސްޓަރު
19 Jul 2026 ދީން

އުމްރާއަށް ދިޔަ ދިވެހިންގެ އަދަދު 4،000 ވުރެ ގިނަ: މިނިސްޓަރު

މިދުވަސްކޮޅު އުމްރާގެ އަޅުކަން އަދާކުރުމަށް ހަތަރު ހާހަށްވުރެ ގިނަ ދިވެހިން ގޮސް އެބަތިބިކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، އުމ...