ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ސަޢުދި ޢަރަބިއްޔާގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް އޮތީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލާއި އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިހީ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.

މިއަދު އޮތް ބައްދަލުވުމުގައި ކޯޕަރޭޝަންގެ ސީނިއާ މޭނޭޖްމަންޓުގެ މެންބަރުންވެސް ބައިވެރިވި އެވެ.
ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާއަށްދާ ދިވެހީންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ހައްޖު ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ދެ އަހަރަކީ ދިވެހީންނަށް ޙައްޖުގެ އަޅުކަމުގައި އެންމެ ފުރިހަމަ ހިދުމަތްތައް ލިބުނު ދެ އަހަރަށް ވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް