ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހުއްޓުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ހުއްޓުވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 21 އަަހަރާއި 23 އަހަރާއި 25 އަހަރުގެ ފިރިހެނުންނެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުން އޭގެ ތެރެއިން 21 އަހަރާއި 23 އަހަރުގެ މީހާ އަތުލައިގަތީ މިދިޔަ އޮގަސްޓު މަހުއެވެ.
އަދި 25 އަހަރުގެ މީހާ އަތުލައިގަތީ މިދިޔަ ޖުލައި މަހުއެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ނުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް