އިންޑިޔާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނަން: ރައީސް ސޯލިހު
އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިޔާގެ މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ރައްޔިތުންނަށް ފޮނުވާ ކަމަށެވެ.
އަދި އިންޑިޔާއަކީ ރާއްޖޭގެ ރަހުމަތްތެރި އަދި އަވައްޓެރި ގައުމެއްކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިޔާގެ ސަރުކާރާއި އެކު މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އިންޑިޔާ ފަސްޓް ޕޮލިސީކަމަށް ބުނެ، އެގައުމާއި އެއްކޮށް އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް