ކެނެޑިއަން ސެކިއުރިޓީ އިންޓެލިޖަންސް ސާވިސް.. ފޮޓޯ: ރޮއިޓާސް
ކެނެޑިއަން ސެކިއުރިޓީ އިންޓެލިޖަންސް ސާވިސް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 25 Mar 2025 | 08:18

އިންތިޚާބަށް ނުފޫޒު ފޯރުވަން އިންޑިއާ އާއި ޗައިނާއިން މަސައްކަތްކޮށްފާނެ: ކެނެޑާ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ކެނެޑާގައި އަންނަ މަހު ފަހުކޮޅު ބާއްވާ އާއްމު އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިންޑިއާއާއި ޗައިނާއިން މަސައްކަތްކުރާނެކަމަށް ބެލެވޭކަމަށް ކެނެޑާއިން ބުނެފިއެވެ.

ކެނެޑާގެ ޖާސޫސީ އިދާރާ، ކެނޭޑިއަން ސެކިއުރިޓީ އިންޓެލިޖެންސް ސަރވިސްއިން ބުނީ އެ ދެގައުމުގެ އިތުރުން ރަޝިޔާއާއި ޕާކިސްތާނުންވެސް އިންތިޚާބުގެ ތެރެއަށް ނުފޫޒު ވެއްދުމަށް މަސައްކަތްކޮށްފާނެކަމަށެވެ. ކެނެޑާއިން އިންޑިއާއާއި ޗައިނާއާށް މިތުހުމަތުކޮށްފައިވަނީ އެ ދެ ގައުމާ ކެނެޑާއާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާއާއި ޗައިނާއިން މީގެ ކުރިން އިންތިޚާބުތަކަށްވެސް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކެނެޑާއިން ކުރާއިރު، އެ ދެގައުމުންވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.

2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އިންތިޚާބުތަކަށްވެސް ޗައިނާއާއި އިންޑިއާއިން ނުފޫޒު ފޯރުވަން މަސައްކަތްކުރިއިރު، އެކަމާ ދެކޮޅަށް ކެނެޑާއިން އެކަށީގެންވާ ރައްދެއް ދީފައިނުވާއިރު، އެދެގައުމުން ކުރި މަސައްކަތުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ގެނެވިފައިނުވާކަމަށް ދާދިފަހުން ކެނެޑާ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފައިވއެވެ.

ކެނެޑާގެ ޖާސޫސީ އިދާރާއިން ބުނީ ހަތުރުވެރި ގައުމުތަކުން، ޚާއްސަކޮށް ޗައިނާއިން، އާޓިފިޝަލް އިންޓެލިޖެންސް އާލާތްތަކާއި އުކުޅުތައް ބޭނުންކޮށްގެން އެޕްރީލް 28 ވަނަ ދުވަހު ބާއްވާ އާއްމު އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާނެކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...