އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިޚާބު އަންނަ މަހުގައި ބާއްވަނީ
އެމްޑީޕީގެ ޕާާލިމެންޓްރީ ގްރޫޕްގެ މަގާމުތަަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، އަންނަ މަހުގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން ވަނީ ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކުރިމަތިލާ މަގާމު އެނގޭނެގޮތަށް ޕާޓީގެ ސެކްރެޓޭރިއޭޓަށް ލިޔުމުން ފޮނުވުމަށް އެދިފައެވެ.
މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގައި ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
އެމްޑީޕީ ޕީޖީ އަށް އިންތިހާބު ކުރާ މަގާމުތަށް؛
ޕީޖީ ލީޑަރު
ޕީޖީ ޑެޕިއުޓީ ލީޑަރުން (2)
އާމީން އާންމު
އަމީން އާންމުގެ ނައިބު
ޗީފް ވިޕް
ވިޕުން (6)
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް