ގާޒީން ހޯދަން އިއުލާންކޮށްފި
ސިވިލް ކޯޓުން ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.
ގާޒީ ކަމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 25 އަހަރަށްވުރެ މަތީ މީހަކަށް ވާން ޖެހެ އެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް ވާން ޖެހޭކަމަށް އިއުލާާންގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ގާޒީއަކަށް މުސާރައާއި އެލަވަންސްތައް ހިމަނައިގެން 46،650 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން ފޯނު އެލަވަންސް އަދި ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.
ޖޭއެސްސީއިން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ސިވިލް ގާޒީ ކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޫން 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން އެދޭކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް