ރައީސް ސޯލިހް ވޯޓު ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދިދެންމެއަކު ވޯޓު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމުގެ ހައްގު ލިބިވަޑައިގަންނަވާ ދާއިރާ އަކީ ޅ.ހިންނަވަރު ދާއިރާއެވެ.
ރައީސް ސޯލިޙް ވަނީ ޖަމާލުއްދީނުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓް ފޮއްޓަށެވެ.
ރައީސް ސޯލިޙްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ވަނީ ވަރަށް ހެނދުނާއި ވޯޓު ލައްވާފައެވެ.
މިހާތަނަށް ވޯޓު ލައްވާފައިވާ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައީސް ސޯލިހްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް