242 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
242 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.
މި ހާދިސާ ހިނގީ ބޯޓް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. މިއީ އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ކުރަން ހަމަޖެހިފައި އޮތް ދަތުރެކެވެ.
ކަމާބެހޭ އިދާރާތަކުން ބުނީ ބޯޓްގައި ތިބީ 230 ފަސިންޖަރުންނާއި 12 ކްރޫން ކަމަށެވެ. ބޯޓް ވެއްޓެނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.

ބޯޓް ވެއްޓެމުން ދިޔައިރު ބޯޓްގެ ތެރޭން ގަަދައަށް ދުން އަރަ އެވެ. އަދި ވެއްޓުމާއެކު ވަރުގަދައަށް ހުޅުހިފަ އެވެ. ރިޕޯޓްތައް. ބުނާ ގޮތުން ބޯޓް ވެއްޓެން ފެށިއިރު ދަތުރު ކުރަމުން އައީ 625 ފޫޓް މަތީންނެވެ. ބޯޓް ދުއްވަމުން ދިޔައީ ވަރަށް ތަޖުރިބާ ހުރި ޕައިލެޓެއް ކަމަށް ވެސް ވެ އެވެ.

ބޯޓްގައި ގިނައީ އިންޑިއާގެ ރައްޔިތުންނެވެ. އިންޑިއާގެ 169 މީހުން އެ ބޯޓުން ދަތުރުކުރި އެވެ. ދެން އެންމެ ގިނައީ ބޯޓް ދަތުރުކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހުންނެވެ. އެ ގައުމުގެ 53 މީހުން ދަތުރުކުރި ކަމަށްވެ އެވެ. މީގެ އިތުރުން ޕޯޗްގަލްގެ ހަތް މީހަކާއި ކެނެޑާ މީހަކު ވެސް މި ބޯޓުން ދަތުރުުކުރި ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް