ޕޮލިސް ކާރު މައްޗަށް އެރީ 15 އަހަރުގެ ކުއްޖެއް، ވީޑިއޯ ނުފަތުރަން އެދިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުލުހުންގެ ކާރެއްގެ މައްޗަށް އަންހެން ކުއްޖަކު އަރާ މަންޒަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރަން ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އުމުރުން 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.
މި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މިފަދަ ކޮންޓެންޓް، ކުއްޖާއަށް ފުރައްސާރަ ރައްދުވާ ގޮތަށް އާންމުކުރުމާއި، އަލުން ބްރޯޑްކާސްޓްކުރުމަކީ އެ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެއްލުންތަކެއް ލިބި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން، އެއްވެސް މީޑިއާ އިދާރާއަކުން ނުވަތަ ސޯޝަލް މީޑިއާ ޕޭޖުތައް ހިންގަވާ ފަރާތްތަކުން މި ވީޑިއޯ އެއްވެސް ސިފައެއްގައި އަލުން ހިއްސާ ނުކުރުމަށާއި، މިހާރު ހިއްސާކޮށްފައިވާ ވީޑިއޯތައްވެސް އާންމުންނަށް ނުފެންނާނެހެން ނެގުމަށް ބާރުއަޅައި އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް