އަނިޔާވެރި މަރާއި ގުޅިގެން ވެހިކަލްތަކާއި މީހުން ބަލާފާސްކުރަނީ
މިރޭ ހުޅުމާާލޭގައި ހިނގި އަނިޔާވެރި މަރާއި ގުޅިގެން މީހުންނާއި ވެހިކަލްތައް ބަލާފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިކަން ވަނީ ކޮމިޝަނަަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްދެއްވާފައެވެ.
ސީޕީ ހަމީދު ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ހުޅުމާލެއާއި އެއާޕޯޓަށް ވަދެ ނުކުމެ އުޅޭ ވެހިކަލްތަކުގެ ފްލޯ ކޮންޓްރޯލްކޮށް، އާންމުކޮށް މީހުންނާާއި ވެހިކަލްތައް ބަލާފާސްކުރަމުންދާނެކަމަށެވެ. އަދި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމެންޓްގެ ފުލުހުން ފޮރެންސިކުން ޑިޕާރޓްމެންޓާއި ގުޅިގެން މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަމީދު ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވަނީ މި މަރާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހިއްސާކޮށްދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ 9:22 ގައި ބޮޑެތި ޒަހަމްތަކަކާއެކު ހޮސްޕިޓަލަށް ގެންދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުންދަނިކޮށް، އެމިހާ މަރުވެފައިވަނީ މިރޭ 9:51 ގައި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އޭނާގެ ކަރާއި އަތުގައި ވަރަށް ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް