މަޝްހޫރު، ފުޓުބޯޅަ ކުޅުންތެރިޔާ އާރިފް ކުއްލިގޮތަކަށް ނިޔާވި ޚަބަރު އެހީ ހިތާމައާ އެކު: ރައީސް ނަޝީދު
މަޝްހޫރު، ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ކުއްލިގޮތަކަށް ނިޔާވުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވީ، މަޝްހޫރު، މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު އާރިފް (ބަކާ) ކުއްލިގޮތަކަށް ނިޔާވި ޚަބަރު އެހީ ހިތާމައާ އެކު ކަމަށެވެ.
އަދި އަނބިކަނބަލުން, ރައްޔިތުންގެ މަޖިލިސް ގެ ކައުންސިލް ޖެނެރަލް ފިލްޒާ އަށާއި އާއިލާއަށް އިޚްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މާތް ﷲ މަރްޙޫމަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް