N/A
N/A
ހަބަރު 29 Jan 2019 | 06:19

ހަތަރު އަހަރަށްފަހުވެސް އިންސާފު ނުލިބި!

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރުމުގައި މުޅި ގައުމު އަވަދިނެތި އުޅެމުންދެއެވެ. ކޮންމެ މީހަކުމެ، އުފަލާއި ހިތްހަމަޖެހުމުގެ މަންޒިލެއް ހާސިލްކުރުމުގައި މޭޒުމަތިތައް ފަޅުފިލުވަމުންދިޔައެވެ. ކުއްލިއަކަށް މުޅި ގައުމުގެ މައްޗަށް ވެރިވެގަތީ ނާމާން، އަދި ބިރުވެރި ހަބަރެކެވެ. އެ ހަބަރު ކީ މީހެއްގެ ދޫ ބަންދުވި ކަަހަލައެވެ. ފެނުނު މީހެއްގެ ލޯ ކަރުނައިން ފާއްދާލި ކަހަލައެވެ.

އާދެ. ވ.އަތޮޅުގެ ކުޑަ ރަށެއްގައި ވަރަށް އަނިޔާވެރިކޮށް ތުއްތު ކުއްޖަކު މަރާލީއެވެ. ކުށެއްނެތް މައުސޫމް، އެންމެ ދެ އަހަރުގެ ލޯބިލޯބި އިބްތިހާލު މި ދުނިޔެއަށް އަލްވަދާއު ކީއެވެ.

މި ހާދިސާއާއި އެކު މުޅި ގައުމުގެ ލޭ ކެކުނު ހަނދާން، އަދިވެސް ގިނަ ބަޔެއްގެ ހަނދާނުން ނުފިލައެވެ. އިބްތިހާލް އަނިޔާވެރިކަމާއި އެކު މަރާލި ހާދިސާގައި އޭނާ ބަނޑުއަޅައި ވިހެއި މަންމަ، އާފިޔާ ހައްޔަރުކުރުމަކީ ގިނަ ބަޔަކަށް ލިބުނު ކުއްލި ސިހުމެކެވެ. އިންސާނަކު، އޭނާގެ އަމިއްލަ ލެޔާއި މެދު އެހާ އަނިޔާވެރި ވެދާނެކަމަށް އެކަކުގެ ހިތަކަށްވެސް އަރާފައިނުވާތީއެވެ.

އެ މައްސަލައިގައި އާފިޔާ ހައްޔަރުކުރުމާއި އެކު އޭރުގެ މުއައްސަސާތަކާއި ވުޒާރާތަކުގެ އިސްވެރިން ވިދާޅުވީ މި މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް، އިބްތިހާލްއަށް ލިބެންޖެހޭ އިންސާފު ހޯދައިދޭނެކަމަށެވެ. އެފަދަ ނިޝާންތައް ފެންނަމުންވެސް ދިޔައެވެ. އިބްތިހާލްގެ ދޮންކާފަ އިސްމާއިލް ރައޫފްގެ މައްޗަށް އަމިއްލަ ދަރިއަކަށާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވި، ދައުވާ އުފުލުނެވެ. ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންތަކެއްގެ މައްޗަށް އިހުމާލުވިކަމުގެ ދައުވާ އުފުލުނެވެ.

އެ މައްސަލަތަކުގެ ޝަރީއަތްތައްވެސް ކުރެވުނެވެ. ނަމަވެސް މިއަދު އެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައަށް ހަތަރު އަހަރު ފުރޭއިރު، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަނީ ނިޒާމްގެ ތެރެއަށް ގެއްލިގެން ގޮސްފައެވެ.

އިބްތިހާލް އަނިޔާވެރިކޮށް މަރާލިކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މަންމަ އާފިޔާ އެއްބަސްވިއެވެ. އިބްތިހާލަކީ ތިމާ ބަނޑުއަޅައި ވިހެއި ދަރިކަމުގައިވިޔަސް ނަފްރަތުކުރާ ކަމަށާއި، އެއީ ޝަރުއީގޮތުން ބައްޕަނެތް ކުއްޖަކަށް ވާތީކަމަށް ބުންޏެވެ. އިބްތިހާލްއަށް ކުރި އަނިޔާތައް އެއްވެސް ޖެހިލުމެއް ނެތި އާފިޔާ ކިޔައިދެމުން ދިޔައިރު، ކޯޓު ތެރޭ ތިބި ފަރާތްތައް ތިބީ ގިސްލެވޭ ހާލުގައި، ގައިން ހީބިިހި ނަގަމުންދިޔަ ފަދައިންނެވެ.

އޭރުވެސް އާފިޔާގެ ނަފްސާނީ މައްސަލަތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނިއެވެ. އާފިޔާގެ ސައިކޮލޮޖިކަލް އެނެލައިސިސް ހެއްދެވި މަޝްހޫރު ނަފްސާނީ ޑޮކްޓަރ ޑރ. ނާޒު ވިދާޅުވީ އާފިޔާގެ ޓެސްޓްތަކުން ޑިޕްރެޝަނާއި އެންޒައިޓީ ވަރަށް ބޮޑަށް ހުރި ކަން ފާހަގަކުރެވިގެން ގޮސްފައިވާ ކަަމަށެވެ. އެގޮތަށް ދިމާވެފައިވަނީ އާފިޔާ އަށް އެހެން މީހެއްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާތީ ކަމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންގެ ފަރާތުން ޑިޕްރެޝަނާއި އެންޒައިޓީ ފެންނާނެ ކަމަށްވެސް ނާޒް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

އެހެނަސް، މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލް މެރިކަމަށްވި އިއުތިރާފް އަނބުރާ ގެންގޮސްފައެވެ. އާފިޔާ ބުނީ އޭނާ އެއްބަސްވީ ބިރުދައްކައިގެން ކަމަށާއި އެކަން އަންގާފައިނުވަނީ އެމީހުން އެކަން ކުރަނީ މަޖަލަށްކަމަށް ހީކޮށްކަމަށެވެ.

"ޖަލުގެ އޮފިސަރުން އެކި ފަހަރުމަތިން އައިސް ބިރު ދައްކައި ހަދާ. ބުނޭ ހުރިހާ ކަމަކަށް އެއްބަސް ނުވެއްޖިއްޔާ މަރާލާނަމޭ ވެސް. ބައެއް ރޭ ރޭ ނިދިޔަ ވެސް ނުދޭ،" އާފިޔާ ބުންޏެވެ.

އާފިޔާގެ ވާހަކަ އޭގެފަހުން އިވިފައެއް ނެތެވެ. ނިޒާމުގެ ތެރެއަށް އެ އަނިޔާވެރި ގާތިލުވެސް ނިމިގެއްލުނީއެވެ.

ދެން އޮތީ އެ މައްސަލައިގައި ދައުވާކުރި ދައުލަތުގެ މުވައްޒަފުންނެވެ. އެ މައްސަލައިގައި ދައުވާ ކުރި ޖެންޑާގެ މުވައްޒަފުންނާއި، ފުލުހުންގެ އޮފިސަރުގެ ވާހަކަވެސް އޮތީ ނިޒާމުގެ ތެރެއަށް ގެއްލިފައެވެ. އެފަރާތްތަކުން ދައުވާއިން އިންކާރުކުރި ހިސާބުން އެ މައްސަލަވެސް އޮބައި ގޮސްފިއެވެ. އެއަށްފަހު އެ މައްސަލަތަކުގެ އަޑުއެހުމެއް ނެތީއެވެ. ކުށެއް ނެތްނަމަ އެ ކުށުން ބަރީއަވެ، އާންމު ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ފުރުސަތެއް ނެތެވެ. ކުށުގެ ރެކޯޑްގައި ލައްގަނޑެއް އޮތީތީއެވެ. އެ ފަރާތުން ކުށެއް ކުރިނަމަ، އެ ކުށަށް ލިބެންޖެހޭ ހައްގު އަދަބުވެސް ލިބިފައި ނެތީއެވެ. އިބްތިހާލްއަށް ލިބެންވާ އިންސާފުވެސް ލިބިފައިނެތީއެވެ.

އިބްތިހާލަށް އިންސާފު ލިބޭނެކަމަށްބުނެ ދައުލަތުގެ އިދާރާތަކުން ދެއްކި ވާހަކަތައް އަދިވެސް ދިވެހިންގެ ހިތްތަކުގައި ހަރުލާފައި އެބަހުއްޓެވެ. ނަމަވެސް އެ މަންޒަރު ހަގީގަތުގައިވެސް ލޮލުކޮޅަށް ފެންނާނެނަމަ ހާދަހާ ރަނގަޅެވެ. އިންސާފަކީ ނިޒާމުގެ ތެރެއަށް ގެއްލިގެންގޮސް ހުސްވާންޖެހޭނެ އެއްޗެއް ނޫނެވެ. އިންސާފަކީ މަރުހޫމް އިބްތިހާލުގެ ހައްގެކެވެ. އެހެނަސް ހަތަރު އަހަރުވެގެންދިޔައިރުވެސް ނުލިބި އޮތް ހައްގެކެވެ.

އެ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި!

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...