ވެޓް ކްލިިނިކްގެ ޚިދުމަތް އަލުން ފަށަނީ
ވިލިމާލޭގައި ގާއިމްކޮށްފައިވާ ވެޓް ކްލިނިކްގެ ޚިދުމަތް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކްލިނިކުން ޖަނަވާރުން ޑޮކްޓަރަށް ދެއްކުމާއި ސާޖަރީ ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.
މި ކްލިނިކްގެ ޚިދުމަތް އަންގާރަ ދުވަސް ފިޔަވައި ހަފްތާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން ފެށިގެން ދޭއް ޖެހުމާއި ހަމައަށް ލިބޭނެއެވެ. އެގޮތުން ޖަނަވާރުތައް ޑޮކްޓަރަށް ދެއްކޭނީ ކޮންމެ ހަފްތާާއެއްގެ އާދިއްތަ އަދި ބުދަ ދުވަހު އެވެ. ހޯމަ އަދި ބުރާސްފަތި ދުވަހަކީ ސާޖަރީ ހެއްދުމުގެ ދުވަހެވެ.
މީގެ ދުވަސްކޮޅަކުން ފެށިގެން މި ކްލިނިކްގެ ޚިދުމަތް ވަނީ ހުއްޓިފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ތެރެއިން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް