ތިލަފުށީގެ މައި މަގުތައް ހަދަން އެމްއާރުޑީސީއަށް ހަވާލުކޮށްފި
ތިލަފުށީގައި މައިމަގުތައް ހަދަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރެވެ.
އަދި ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
މިއެެއްބަސްވުމުގައިވާ ގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން މިމަސައްކަތް ނިންމަންޖެހެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު ވިދާޅުވީ މިމަސައްކަތަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެެ.
ރަޝީދު ވިދާޅުވީ މިމަސައްކަތްކުރުމަށް ބޮޑެތި ސާވޭތަކާއި ދިރާސާތައް ހަދަމުންދާކަމަށެވެ. އަންނަ އޭޕްރީމަހު މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް ރަޝީދު ވިދާޅުވިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވީ މިއީ އެކުންފުނީގެ ފުރަތަމަ ޕްރޮޖެކްޓު ކަމަށެވެ. އެކަމަކު ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ތިލަފުށީގެ މަގުތައް ހަދާ ނިންމާނެ ކަމަށް ވިދަލުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް