ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ހެދުނު ހަގަޑި ތިރީސް ހާއިރު ބްރިޖުގެ މާލެއާއި ދިމާލުގައި ހުންނަ ޓްރެފިލު ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި ދެމީހުންނާއި ދެ ކުޑަކުދިންނަށް އަނިޔާވެފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނި އެ ހާދިސާގައި އަނިޔާވެފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 13 އަހަރުގެ ފިރިހެންކުއްޖަކަށް ކަމަށެވެ. އޭގެ ތެރެއިން 18 އަހަރުގެ މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ އިރު، 43 އަހަރުގެ މީހާއައާއި ކުޑަ ދެކުދިންނަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި އެދެސައިކަލަކީވެސް ހުޅުމާއިން މާލެއަށް އައި ދެސައިކަލް ކަމަށާއި، އޭގެ ތެރެއިން 18 އަހަރުގެ މީހާއާއި 17 އަހަރުގެ ކުއްޖާ އިން ސައިކަލް ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތެރޭގައި 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ. އަދި 43 އަހަރުގެ މީހާގެ ކޮނޑު ހުޅު ނައްޓައިގެން ދިއުމުގެ އިތުރުން ވެސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަދި ކުޑަދެކުދިންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް