ހިމާޔަތް ނުލިބި އަދީބް ރާއްޖެ ގެންނައުމުގެ މަސައްކަތްފަށައިފި
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އިންޑިއާއިން ޑީޕޯޓްކޮށް ރާއްޖެއާއި ހަވާލުކުރުމަށް ނިންމައިފިއެވެ.
ޓަގު ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް އަހްމަދު އަދީބު ވަނީ އިންޑިއާއިން ހިފަހައްޓާފައެވެ. މިއާއެކު އަދީބް ގެ ލީގަލް ޓީމުން ވަނީ އަދީބް އިންޑިއާގެ ހިމާޔަތައް އެދޭކަން ހާމަކޮށްފައެވެ.
ނަމަވެސް އިންޑިއާއިން މިވަނީ އަދީބަށް ހިމާޔަތް ނުދިނުމަށް ނިންމައި، އަބުރައި ރާއްޖެ ފޮނުވުމަށް ނިންމާފައެވެ. މިކަން އިންޑިއާގެ މީޑިއާތަކަށް އެޤައުމުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަދީބްގެ ގާތްފަރާތްތަކުން ވަނީ އަދީބް މިވަގުތު ރާއްޖެއަށް ހަވާލުކުރުމަށް ދަތުރުކުރަމުން ދާކަމަށާއި އޭނާއާއި ހަވާލުވުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާއި ކަމަށެވެ.
ނަމަވެސް އަދީބު އަނބުރާ ރާއްޖެ ފޮނުވާލަނީ ކަނޑުމަގުން ކަމެއް ނުވަތަ މަތިން ކަމެއް އަދި ރަސްމީ ސިފައެއްގައި ސާފުވެފައެއް ނުވެއެވެ.
މިމައްސަލާގައި ރާއްޖޭގެ ފުލުހުން ވަނީ އަދީބް ފުރުވަން މަސައްކަތް ކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް