އާރްޑީސީގެ ޗެއާޕާސަން ކަމުންނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ޝާމީ ވަކިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އާރްޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރު ކަމުން އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ (އެސްޑީއެފްސީ) ބޯޑު މެމްބަރުކަމުން، މ. އެމޭޒަން މުޙައްމަދު ޝާމީ އާދަމް، ވަކިކޮށްފިއެވެ.
އޭނާ އެ މަގާމްތަކުން ވަކިކޮށްފައިވަނީ އިއްޔެ ކަމަށް ޕީސީބީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ.
ޝާމީ އަކީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑަށް އައްޔަނު ކުރެވުނީ 2019 ވަނަ އަހަރުގެ މާޗް މަހުގައެވެ.
އަދި އާރުޑީސީގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޝާމީ އަކީ މީގެ ކުރިން މިފްކޯގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކާއި ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އޭނާ ފުރުއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް