ނައިބު ރައީސްގެ ގެކޮޅު ކައިިރިން ބަޑިބޭހާއި އެކު މީހަކު ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުންނަވާ ގެކޮޅުކަމުގައިވާ ހިލާލީގެ ކައިރިން ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗަކާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.
23ވަނަ ދުވަހުގެ ރޭ ދަންވަރު 3:50 ހާއިރު މި މީހާ ހައްޔަރުކުރިކަމަށް ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.
ފުލުހުން ބުނީ އެރޭ 3:50 ހާއިރު ފަރީދީ ގޯޅި ހިލާލީގޭ ކައިރީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކުކުރެވިގެން އޭނަ ހުއްޓުވާ ބަލާފާސްކުރި އިރު، ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭތަން ބެލިއިރު، ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާކަމަށެވެ.
37އަހަރުގެ މި ފިރިހެންމީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ހަތްދުވަސް ވަނީ ޖަހައިދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް